އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފްރެންޗައިޒްގެ ލަގަބުު ރަސްމީކޮށް އަދިތުޔާ ދަރްގެ ކާމިޔާބު ފްރެންޗައިޒް "ދުރަންދަރް" އިން ހޯދައިފި އެވެ.
އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު ނެރުނު "ދުރަންދަރް"އަށް މުޅި ޖުމްލަ 1307 ކްރޯޑް ރުޕީސް ލިބުނުއިރު މާޗް މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި "ދުރަންދަރް 2: ދަ ރިވެންޖް" މިއަދާ ހަމައަށް 1712 ކްރޯޑް ލިބިފައިވެ އެވެ.
އެއާއެކު އެ ފްރެންޗައިޒްގެ ދެ ފިލްމަށް އެކު ޖުމްލަ ލިބުނު އާމްދަނީ ވަނީ 3000 ކްރޯޑް ރުޕީސް ފަހަނައަޅައި ގޮސްފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މީގެ ކުރިން އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމު ފްރެންޗައިޒްއަކީ ތެލުގޫ ފިލްމްތައް ކަމަށްވާ "ބަހޫބާލީ"އާއި "ޕުޝްޕާ" އެވެ.
އެހެން ނަމަވެސް ދުރަންދަރްއިން މި ހޯދި ރެކޯޑް އާމްދަނީއާއެކު އެ ދެ ފިލްމު ވެސް ފަހަތަށް ޖައްސާލާފައިވާއިރު އެ ފިލްމާ ކައިރި ކުރެވޭނެ އެހެން ފިލްމެއް އަވަހަށް އަންނާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ.
ރަންވީރު ސިންހްއާއި އަކްޝޭ ޚަންނާ އަދި ސަރާ އަރުޖުން މުހިއްމު ރޯލުތަކުން ފެނިގެންދާ "ދުރަންދަރް" ރިލީޒް ކުރިތާ މަހެއް ވާން ކައިރިވެފައިވާއިރު އަދިވެސް އެ ފިލްމު ދަނީ ސިނަމާތަކުގައި ދައްކަމުންނެވެ.
އާޝާގެ އަޑުން އިސްލާމީ އަސަރުގަދަ މަދަހަތަކެއް!
ރައީސް މުއިއްޒު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ތައްޔާރު ތަ؟