ރައީސް މުހައްމަދު މުއިއްޒު ޑިފެންސް މިނިސްޓަރު ކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރު ކަމުގެ މަގާމް ހުސްވީ ރައީސް މުއިއްޒުގެ ކުއްލި އެންގެވުމަކަށް އެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން އިސްތިއުފާދެއްވުމުންނެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަސަން ރަޝީދަށް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިތާރު މުހައްމަދު އިބްރާހީމެވެ.
ހަސަން ރަޝީދަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުންނެވިިއިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅެވެ.
މިހާތަނަށް މި ސަރުކާރުގައި ވެސް އޭނާ ހުންނެވީ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ބޭބެއެވެ.
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު
މަތިވެރީ ފިނޮޅަށް ފީ ދައްކައިގެން ނޫނީ ނޭރޭ ގޮތަށް އުސޫލެއް
