އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ތެޔޮ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެ ސިޓީއަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އައްޑޫގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިވަގުތު އެފްއެސްއެމްގެ ހިދުމަތެއް ނެތެވެ. މިހާރު އެ ސިޓީގައި ތެލުގެ ހިދުމަތް ފޯރުކޮށްދެނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް 18.56 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް 18.68 ރުފިޔާއަށް ވިއްކަމުންދާއިރު، އައްޑޫގެ އަމިއްލަ ޝެޑުތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 24.22 ރުފިޔާއަށް ކަމަށެވެ. އަދި ޑީސެލް ލީޓަރެއްގެ އަގު ހުރީ 31.34 ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.
އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ބާވެފައިވާ އެއްޗަކަށް ވުމުން، ހިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިޔޫގައި މަޑުކުރަންޖެހޭ ކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
"ގަދަ" ކަސްރަތުން 8 ބައްޔަކުން ރައްކާތެރި ކޮށްދޭ!
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާކަމަށް ދެ ގައުމުން ބުނެފި