ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަން ކޮށްފި އެވެ.
ޕީއެންސީގެ އެސްޖީގެ މަގާމަށް ފަތުހީ އައްޔަނު ކުރީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒުހަލީމް ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެނގިފައިވާގޮތުގައި އޭނާ އިސްތިއުފާދެއްވީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ޕާޓީގެ އެސްޖީގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އިސްތިއުފާ ދެއްވީކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ޕީއެންސީގެ އެސްޖީ ކަމަށް ރައީސް މުއިއްޒު އައްޔަންކުރެއްވި ފަތުހީ މިހާތަނަށް ހުންނެވީ ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގަ އެވެ. އެ މިނިސްޓްރީ އުވާލުމުން އޭނާގެ ވަޒީފާއަށްވީގޮތެއް އަދި ނޭނގެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގައި 42،000 މުވައްޒަފުން
އެއްބަސްވުމަކަށް ނައިސްފިނަމަ އީރާން ގޮއްވާލާނެ ކަމުގެ އިންޒާރު
