އެމްޑަބްލިޔުއެސްސީއިން ރ. ދުވާފަރުގައި ކުނި އުކާލުމުގެ ހިދުމަތް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ވެހިކަލްތަކެއް އެ ރަށަށް ގެންގޮސްފި އެވެ.
ރ. ދުވާފަރަކީ އެމްޑަބްލިޔުއެސްސީއިން ޔުޓިލިޓީ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ރަށެކެވެ. އެގޮތުން އެމްޑަބްލިޔުއެސްސީއިން އަންނަނީ ދުވާފަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓްގެ އިތުރުން ކުނި މެނޭޖުކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ކުރެވި ޓްވީޓްގައި ވިދާޅުވީ ރ. ދުވާފަރުގައި އެމްޑަބްލިޔުއެސްސީއިން ކުނިއުކާލުމުގެ ހިދުމަތް ހަރުދަނާ ކުރުމަށްޓަކައި އެރަށަށް މިހާރު ހައިޑްރޯލިކްް ގާބެޖް ކޮމްޕެކްޓަރ އެއް ގެނެސްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީއިން ރ.ދުވާފަރުގައި އަންނަނީ މަސްވެރިންނަށް އަގު ހެޔޮކޮށް އައިސްވެސް ވިއްކަމުންނެވެ. އަދި މީގެ އިތުރުން އެރަށުގައި ވަނީ ފެން ބަންދުކުރާ ކާރުހާނެއްވެެސް ގާއިމްކޮށް އެހިދުމަތްވެސް އަންނަނީ އެސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.