ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް ބަލަހައްޓާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ހޯމަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވިއިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕޭ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
އަދި ބާކީ ހުރި މުއައްސަސާތައް މުސާރައިގެ އާ އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި، ވާން ޖެހޭ ފަންނީ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެމެރިކާއާއެކު މަޝްވަރާކުރަން އީރާނުން އިންކާރުކޮށްފި
މުޒާހަރާ ކުރުމާ ދެކޮޅަށް އެޗްއާރްސީއެމް އިން ބަޔާނެއް ނެރެފި
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
އޮބިނޯތީމަ ދިއުން ރަނގަޅު. ހާމަނައިޒްގެ ނަމުގައި ހޭވިފައިވަނީ ހަޑިއެއްކަމަށް ގިނަ އިދާރާތަކުގެ މުވައްޒަފުން ބުނޭ. އޯޓީ ކޮމްރޮމައިޒް ކުރުމަށްޓަކައި ނުސީދާކޮށް ސިޔާސަތު ކަނޑަނާޅައި، ސާފުސީދާ ގޮތުގައި އެސިޔާސަތު ޢާންމުކޮށް ތަންފީޛު ކުރިނަމަ ރަނގަޅުވީސް. މިހާރު މިފެންނަނީ ނުސީދާގޮތެއްގައި ސިޔާސަތުތައް ތަންފީޛުކުރުމަށް މަސައްކަތްކުރެވޭތަން. ބަޔަކު ނުކުމެ ހަޅޭއްލަވައި ހަޑިގޮތްގޮތަށް އުޅެންފެށީމަ ތަންކޮޅެއް ރަނގަޅުކުރަމުން، އަނެއްކާ ނުކުމެ ވަށްވަށް ޖަހައިގަތީމަ އަނެއްކާ ތަންކޮޅެއް ޖައްސަމުންދަނީ.
ރިޕްލައި