ޕޮޕްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް "މައިކަލް" ރިލީޒްކުރުމުގެ ކުރިން ބޭއްވި ފުރަތަމަ ސްކްރީނިންގްތަކަށްފަހު، ފާޑުކިޔުންތެރިންގެ ފަރާތުން ފިލްމަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވަމުން އެބަދެ އެވެ.
މަޝްހޫރު ފިލްމު ރިވިއު ސައިޓެއް ކަމަށްވާ "ރޮޓެން ޓޮމާޓޯސް" ގައި މި ފިލްމަށް މިހާރު ލިބިފައިވަނީ އެންމެ %27 ގެ ރޭޓިންގް އެކެވެ. މިއީ މިފަދަ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމަކަށް ލިބުނު ވަރަށް ދަށް ނަތީޖާ އެކެވެ.
ފާޑުކިޔުންތެރިން ބުނަނީ ކީކޭ؟
ގިނަ ފާޑުކިޔުންތެރިން މި ފިލްމު ސިފަކޮށްފައިވަނީ "ވަރަށް ބޮޑަށް މާޔޫސްކުރުވި" އަދި "ވަރަށް ގޯސް" ފިލްމެއްގެ ގޮތުގަ އެވެ. މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ:
ހަގީގަތް ފޮރުވުން: މައިކަލް ޖެކްސަންގެ ހަޔާތުގައި ދިމާވި ބޮޑެތި މައްސަލަތަކާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވުނު ތުހުމަތުތަކުގެ މައްޗަށް އިންސާފުވެރިކޮށް ބަލާލުމުގެ ބަދަލުގައި، ފިލްމުން މަސައްކަތްކޮށްފައިވަނީ އޭނާގެ އަބުރު ރީތިކުރަން ކަމަށް ގިނަ ރިވިއުތަކެއްގައި ބުނެފައިވެ އެވެ.
ސްކްރިޕްޓްގެ ބަލިކަށިކަން: ފިލްމުގެ ވާހަކަ ދާ ގޮތް ވަރަށް ފޫހި ކަމަށާއި، މައިކަލްގެ ޝަޚްސިއްޔަތު ފުރިހަމައަށް ދައްކުވައިދިނުމުގައި ފިލްމު ނާކާމިޔާބުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޖާފަރު ޖެކްސަންގެ އެކްޓިންގް: ފިލްމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މައިކަލްގެ ރޯލު ކުޅުނު އޭނާގެ ބޭބެގެ ދަރިފުޅު ޖާފަރު ޖެކްސަންގެ މަސައްކަތަށް ބައެއް ރިވިއުތަކުގައި ތައުރީފުކޮށްފައިވެ އެވެ. އޭނާގެ ހަރަކާތްތަކާއި ނެށުން މައިކަލްއާ ވަރަށް ވައްތަރު ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ހަމައެކަނި އެކަމުން ފިލްމު ސަލާމަތް ކުރެވޭވަރު ނުވާ ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.
އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މައިކަލް ޖެކްސަންގެ އާއިލާގެ ބައިވެރިވުމާއެކު އުފައްދާފައިވާ ފިލްމެކެވެ. ފާޑުކިޔުންތެރިން ގަބޫލުކުރާ ގޮތުގައި ފިލްމުގެ ފެންވަރު ދަށްވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީވެސް އެއީ އެވެ.
ދަރިންގެ އަތުން ފޯނާއި ޓެބްލެޓް އަތުލުމުގެ ކުރިން ސަމާލުވޭ!
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
އެމްޕީއެލްގެ ސީއީއޯ ކަމަށް ޝަފީގު އައްޔަންކޮށްފި