އެމްޑީޕީގެ މުޒާހަރާ ކުރިއަށް ދަނިކޮށް މާލޭގެ މޭޔަރު އާދަމް އާޒިމަށް ރޭ ހަމަލާދިނުން ކުށްވެރިކޮށް އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މުސާ ސަރުކާރަށް ގޮވާލައިފި އެވެ.
އާޒިމަށް މީހަކު ހަމަލާދިން މަންޒަރު ޓީވީތަކުން ވެސް ލައިވްކޮށް ފެނުނެވެ. ހެންވޭރު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލަ އެވެ.
އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި މަންޒަރު ވެސް ޓީވީން ލައިވްކޮށް ފެނުނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ އެކަން ކުށްވެރިކުރައްވާފަ އެވެ.
މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރު އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް އޭނާ ގޮވާލެއްވި އެވެ.
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
