ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމަށް އެމަނިކުފާނު ވަޒީފާއެއް ދެއްވައިފި އެވެ.
އެ ދެ ބޭފުޅުންނަށް ވެސް ދެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމެވެ. ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އާދަމް ޝަރީފް ކުރިން ހުންނެވީ ލޯކަލް ގަވާމެންޓް މިނިސްޓަރު ކަމުގެ މަގާމުގައި އެވެ. ތޯރިގު ހުންނެވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގަ އެވެ.
އާދަމް ޝަރީފަށް ވަޒީފާއެއް ދެއްވާފައި މިވަނީ ވަޒީފާ ގެއްލުމުން އާ ވަޒީފާއެއްގެ އުންމީދުގައި ހުންނެވި ކަމަށް ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ސަނާ ކިޔައި ޕޯސްޓެއް ކުރައްވާފައި ވަނިކޮށެވެ.
މީގެއިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދަށް ވެސް ވަނީ އެ މަގާމް ދެއްވާފަ އެވެ.
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
މަސްތުވާތަކެތީގެ މައްސަލައިން ޝްރައްދާ އާއި ނޯރާ ސަލާމަތްވެއްޖެ
