ރ. ރަސްގެތީމުގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ރަސްގެތީމްގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ރ. ރަސްގެތީމު، ސޯސަންގެ، އިބްރާހީމް ޔޫސުފުފުޅު،55 އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
