ޕީއެންއެފްގެ ސިލްސިލާ އިހްތިޖާޖުގައި ބޭނުންކުރި އެލް ސޯފާ ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

ޕީއެންއެފްގެ ސެނެޓް މެންބަރު އަބްދުﷲ އިބްރާހީމް ވިދާޅުވީ ނީލަމުގައި ވިއްކާލަން ނިންމާފައި ވަނީ މުޒާހަރާގައި އެންމެ ފުރަތަމަ ބޭނުންކުރި ސޯފާ ކަމަށެވެ.

"ފުލުހުން ހައްޔަރުކުރި ސޯފާ އަޅުގަނޑުމެންނަށް ލިބިއްޖެ. އެ ސޯފާ ނީލަމުގެ އުސޫލުން ވިއްކާލަން މިހާރު ވާނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސޯފާ ވިއްކައިގެން ލިބޭ ފައިސާ އަދަދު ނޫހަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިވެހީންގެ ތެރޭގައި އެލް ސޯފާ މަޝްހޫރުވެފައި ވަނީ އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިޔުމެންޓްރީގައި އެލް ސޯފާއެއްގެ ވާހަކަ އައުމުންނެވެ.