ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވަނުން މަނާ ސަރަހައްދަކަށް ވަތް ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިމަހުގެ 1 ވަނަ ދުވަހު، ގަން އެއާޕޯޓުގެ މަނުން ވަނާ ސަރަހައްދަކަށް ހުއްދަ ނެތި ވަތް ތިން މީހަކު ވަނީ ހަތަރެއް މެއި ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20، 24 އަދި 26 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އެ ތިން މީހުން ވަދެފައިވަނީ އެއާޕޯޓު އޭޕްރޮން ސަރަހައްދަށެވެ. އަދި އެމީހުން އެތަނަށް އެރީ ފެންސެއްގެ މަތިން ކަމަށާއި އެ މީހުން އެކަން ކުރީ އެތަނުގައި ޕާކުކޮށްފައި އޮތް ޖެޓެއްގެ ފޮޓޯ ނެގުމަށް ކަމަށްވެ އެވެ.
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
އޭދަފުށީ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ