އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއެއްގައި ރައީސް މުހައްމަދު މުއިއްޒާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބުނާ އައިޝަތު އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ފޮނުވި ޗިޓްގައި އީޝާ މިރޭ 9:00 އަށް ހުޅުމާލެ ޕޮލިސްއަށް ހާޒިރުވާން އަންގާފައިވެ އެވެ. މި ތަހުގީގުގައި 2 ގަޑިއިރާ 59 މިނެޓް ހޭދަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޝާގެ ނަމުގައި އަދަދު ނޫހުން ތައްޔާރުކުރި އެ ޑޮކިޔުމެންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫޙުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް އެތަނުގައި ހުރި ހުރިހާ އިލެކްޓޯނިކް ސާމާނުތަކެއް ގެންގޮސްފަ އެވެ.

އެ މައްސަލައާ ގުޅިގެން މާދަމާ ހެނދުނު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި އެ އެންމެންގެ ޕާސްޕޯޓު ވެސް ވަނީ މިހާރު ހިފަހައްޓާފަ އެވެ.

"2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ،" ފުލުހުންގެ ޗިޓުގައި ބުނެފައިވެ އެވެ.