ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޝަކްތީ ކަޕޫރު ކުއްލި ގޮތަކަށް މަރުވެއްޖެ ކަމަށް ބުނެ ފެތުރުނު ހަބަރުތައް އޭނާ ދޮގު ކޮށްފި އެވެ.
މިކަމާ ގުޅިގެން އޭނާގެ އާއިލާއަށާއި ސަޕޯޓަރުންނަށް ލިބުނު ކުއްލި ސިހުމާއެކު، ޝަކްތީ ވަނީ މިފަދަ "މަރުގެ ހަބަރުތައް" ފަތުރާ މީހުންނަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޝަކްތީ މަރުވެއްޖެ ކަމަށް ބުނާ ޕޯސްޓުތަކެއް ވަޓްސްއަޕް އަދި ފޭސްބުކްގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފަ އެވެ.
މިކަމަށް ރައްދު ދެމުން އޭނާ ބުނި ގޮތުގައި އޭނާ ހުރީ ވަރަށް ސިއްހަތު ރަނގަޅުކޮށް، ގަދަވެ ސަލާމަތުންނެވެ. އެއާއެކު މިފަދަ ދޮގު ހަބަރުތަކުގެ ސަބަބުން އޭނާގެ ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ތަކްލީފެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން މި ފިތުނަ އުފެއްދި ބަޔަކު ހޯދައި، އެމީހުންނާ މެދު ސައިބާ ކްރައިމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އޭނާ މިހާރު ދަނީ ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
މި އަޑުތަކާ ގުޅިގެން ޝަކްތީގެ އަންހެން ދަރިފުޅު އަދި މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރަށްވެސް ގިނަ ބައެއްގެ ފޯނު ކޯލްތައް ލިބި، އާއިލާއަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ.
މިއީ ބޮލީވުޑްގެ ތަރިއަކު މަރުވި ކަމަށް ބުނެ މިފަދަ ދޮގު ހަބަރެއް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އަމީތާބް ބައްޗަން، ޝާހްރުކް ޚާން އަދި މުމްތާޒް ފަދަ ތަރިންނާ ބެހޭގޮތުންވެސް މިފަދަ ނުރަނގަޅު މައުލޫމާތު ފަތުރާފައިވެއެވެ.
ޝަކްތީ ކަޕޫރު ބުނި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން މިފަދަ ހިތާމަވެރި ހަބަރުތައް ފެތުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. "ލައިކްސް" ހޯދުމަށްޓަކައި މީހެއްގެ ފުރާނައާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 26 ބާވަތް ނުލިބޭ!
ބޭނުންނުކުރާ ނޫޓުން ކްރާފްޓް ހެދުމުގެ މުބާރާތެއް ބާއްވަނީ
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި