އާއިލާއެއްގެ ދުޅަހެޔޮކަމާއި އުފާވެރިކަން ބިނާވެފައިވަނީ ހަމައެކަނި ކެއުންބުއިމާއި ކަސްރަތުގެ މައްޗަކަށް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ނިންްޖަކީ އާއިލާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ތަނބެވެ.
ސީ.އެން.އެން އިން ދާދިފަހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ބެލެނިވެރިންނާއި ކުދިންގެ ނިދީގެ އާދަތައް ރަނގަޅުކުރުމަކީ މުޅި ގޭތެރޭގެ މަސްލަހަތު ބަދަލުކޮށްލާނެ ކަމެއް ކަމަށެވެ.
ބެލެނިވެރިންނަށް ނިދި މުހިންމުވަނީ ކީއްވެ؟
ބެލެނިވެރިންނަށް ފުރިހަމަ ނިދި ނުލިބުމަކީ ކުދިން ތަރުބިއްޔަތު ކުރުމުގައި ކެތްތެރިކަން ކުޑަވެ، ފަސޭހައިން ރުޅިއައުމަށް މެދުވެރިވާ ކަމެކެވެ. ނިދި ހަމަވުމުން ބެލެނިވެރިންގެ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވެ، ކުދިންނާއެކު ހޭދަކުރާ ވަގުތުގެ ފެންވަރު ރަނގަޅުވެ އެވެ.
ކުދިންގެ ނިދީގެ އާދަތައް ބަހައްޓަންވީ ގޮތް
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ނިދި މަދުވުމަކީ އުނގެނުމަށް ހުރަސްއެޅި، މިޒާޖަށް ބަދަލު އަންނަ ކަމެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް މުހިއްމު ކަންކަމަކީ:
- ނިދާ ގަޑި އެއްގޮތެއްގައި ހިފެހެއްޓުން: ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދަން އާދަކުރުން.
- ސްކްރީން ވަގުތު މަދުކުރުން: ނިދުމުގެ އެއް ގަޑިއިރު ކުރިން ފޯނާއި، ޓީވީ އަދި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުން.
- ގޭތެރޭގެ މާހައުލު: ނިދާ ކޮޓަރިއަކީ އަނދިރި، އަދި ހަމަހިމޭން ތަނަކަށް ހެދުން.
އާއިލާގެ "ސްލީޕް ވެލްނެސް" ރަނގަޅުކުރާނެ ގޮތް
އާއިލާގެ އެންމެން އެކުގައި ނިދީގެ މުހިއްމުކަމާ މެދު ވާހަކަދައްކައި، އެންމެން އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ނަތީޖާ ފެންނަ ކަމެކެވެ. މިސާލަކަށް، ރޭގަނޑު ވަކި ގަޑިއަކަށްފަހު އެންމެން ފޯނުތައް ބޭރުގައި ބެހެއްޓުން ފަދަ އާދަތަކެވެ.
ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށްޓަކައި، ކޮންމެ މީހަކުވެސް އެމީހެއްގެ ނިދި ގުރުބާން ނުކޮށް، ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނިދި ރަނގަޅުވުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އާއިލީ ގުޅުންތައް ވަރުގަދަވާނެ ކަމެކެވެ.
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
އީރާނުގެ ޖަވާބާމެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ