އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ޖަލަށްލާން ހުކުމް ކުރުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާކަމުގެ ސާފު ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒާ ސުވާލެއް ކޮށްފައިވާތީ، އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ކަނޑައަޅައި ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އަންގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ކަމަށް ޚަބަރެއް ލިޔުމުން ލީވާން ޖަލަށްލާން ހުކުމް ކުރީ 10 ދުވަހަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ވަރަށް ސާފުކޮށް ފެންނަ ހެއްކެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެމުންދާ މިފަދަ ހަމަލާތައް ކާމިޔާބެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި އެމްޑީޕީން ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
މުއިއްޒާ ސުވާލުކޮށްފައިވާތީ ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި