އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާދިން މައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ އިސްކަމެއްދީގެން ތަހުގީގު ކުރާ މައްސަލައިގެ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި ރައީސް ނަޝީދަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އިމްރާން ސިފަކުރެއްވީ އެއީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައެވެ. އެ އަމަލު ހިންގުމުގަައި ބައިވެރިވި މީހުންގެ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އެ ހަމަލާގައި ތިން ސިފައިންގެ މީހަކަށާއި ފަތުރުވެރިއަކަށް އަނިޔާވި އެވެ. ފަރުވާއަށްފަހު ދެ ސިފައިންގެ މީހަކު ވަނީ ދޫކޮށްލާފަ އެވެ.

މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ނުލިބޭނެތީ
