ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި ސިއްރުން ހިންގަމުންދިޔަ، ޤަވާއިދާ ހިލާފު ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްކުރާ މަރުކަޒެއް ފުލުހުން ރެއިޑްކޮށް ހުއްޓުވި އޮޕަރޭޝަންގައި ދިއްވެސަކުވެސް ހިމެނޭކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި ޓެލެކޮމިއުނިކޭޝަން އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައިނުވެއެވެ.
ލަންކާ ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މަރުކަޒު ހިންގަމުން އައީ އައްޓިޑިޔާ ސަރަހައްދުގައި ޓްރެވަލް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެންނެވެ.
މި ރެއިޑުގައި ގާތްގަނޑަކަށް 50 މިލިއަން ރުޕީސްގެ އަގުހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރުތަކުގެ އިތުރުން ސްޓާލިންކް ޔުނިޓަކާއި ޓްރާންސްމިޝަން ފޯރުކޮށްދޭ އެހެނިހެން ސާމާނު ހިމެނެއެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި، މި މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރުމަށްފަހު، ލަންކާއާއި އެހެން ގައުމުތަކަށް ގަވާއިދާ ހިލާފަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ލޭޒާ އޮޕަރޭޝަންތައް ދަރުމަވަންތަ އާއި އައިޖީއެމްއެޗުގައި ފަށައިފި
ފަހި ފްލެޓަކުން އާއިލާއެއް ނެރުން ހުއްޓާލަން ކޯޓުން އަމުރުކޮށްފި
ޝަހުޒާނާއި ލީވާނާ ދެމެދު ޖަލުގައި އަމަލުކުރާގޮތުގެ ތަހުގީގެއް