ޕެކެޓްކޮށްފައި ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ހަލާކުނުވެ ގިނަދުވަހު ބެހެއްޓުމަށް ބޭނުންކުރާ "ޕްރިޒަވޭޓިވްސް"އާއި އޭގެ ރީތިކަން ދެމެހެއްޓުމަށް އަޅާ ކުލަތަކުގެ ސަބަބުން، ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރު މަތި ވުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާކަން އާ ދިރާސާއަކުން ހާމަ ވެއްޖެ އެވެ.
މަޝްހޫރު ސައިންޓިފިކް މެގަޒިން "ޔޫރަޕިއަން ހާޓް ޖާނަލް"ގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ 100,000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ފްރާންސްގެ "އިންސާރމް" ރިސާޗް އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ބޮޑު ދިރާސާ އެކެވެ.
ދިރާސާގެ މުހިއްމު ހޯދުންތައް
ސައިންސްވެރިން ވަނީ ބަންދުކުރި ކާބޯތަކެތީގައި އާންމުކޮށް ބޭނުންކުރާ 17 ބާވަތެއްގެ ޕްރިޒަވޭޓިވްސްއެއް ތަޙުލީލު ކޮށްފަ އެވެ. މީގެ ތެރެއިން
- ލޭގެ ޕްރެޝަރު މަތިވުން: 8 ބާވަތެއްގެ ކެމިކަލަކީ ލޭގެ ޕްރެޝަރު މަތިވުމާ ސީދާ ގުޅުންހުރި ބާވަތްތަކެކެވެ. އޭގެ ތެރޭގައި ޗީޒް، ބޭކަަރީ ސާމާނު އަދި ސޯސްތަކުގައި "މޯލްޑް" ޖެހުން ހުއްޓުވަން އަޅާ ޕޮޓޭސިއަމް ސޯބޭޓްގެ ސަބަބުން މި ނުރައްކާ 39 އިންސައްތަ އިތުރުވާއިރު، ސިޓްރިކް އެސިޑްގެ ސަބަބުން ލޭގެ ޕްރެޝަރު 25 ޕަސެންޓް އިތުރުވެ އެވެ.
- ހިތުގެ ބަލިތައް: ކާބޯތަކެތީގެ ކުލަ ބަދަލު ވިޔަނުދީ ހިފެހެއްޓުމަށް އަޅާ އެސްކޯބިކް އެސިޑް ބޭނުންކުރާ މީހުންނަށް ހާޓް އެޓޭކް ޖެހުމާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު 15 ޕަސެންޓް އިތުރުވާކަން ވަނީ ހާމަވެފަ އެވެ.
- ހަކުރު ބަލި: ކާބޯތަކެތީގައި ބޭނުންކުރާ އާޓިފިޝަލް ކުލަތަކުގެ ސަބަބުން ހަކުރު ބަލި ޖެހުމުގެ ފުރުޞަތު 38 ޕަސެންޓް އިތުރުވެ އެވެ. ޚާއްޞަކޮށް ކޯލާ ފަދަ ބުއިންތަކާއި ފޮނި ކާތަކެތީގައި ހުންނަ ކެރަމަލް ކުލަތަކުގެ ސަބަބުން މި ނުރައްކާ 43 ޕަސެންޓަށް މަތިވެ އެވެ.
ސިއްހީ މާހިރުންގެ އިންޒާރު
މިއީ މިފަދަ ކެމިކަލްތަކާއި ހިތް ހިނގުމުގެ ނިޒާމާ ހުރި ގުޅުން މިހާ ފުޅާ ދާއިރާއެއްގައި ހޯދުނު ފުރަތަމަ ދިރާސާ އެވެ. މީގެ ކުރިން 2026ގެ ކުރީކޮޅު ހެދި ދިރާސާތަކުން ވަނީ މި ކެމިކަލްތަކުގެ ސަބަބުން ކެންސަރުގެ ނުރައްކާ ވެސް ބޮޑުވާކަން ސާބިތުވެފަ އެވެ.
ކެމިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން
މި ކެމިކަލްތަކަކީ ހަށިގަނޑުގެ އެތެރެއަށް ދިއުމުން ބޮޑެތި ބަދަލުތަކެއް ގެނުވާ ކެމިކަލް ތަކެކެވެ. މިގޮތުން ބަނޑާއި ގޮހޮރުގައި ހުންނަ ފައިދާހުރި ޖަރާސީމުތަކުގެ ނިޒާމު މި ކެމިކަލްތަކުގެ ސަބަބުން ހަލާކުވެ، ހަށިގަނޑުގައި ދާއިމީގޮތަކަށް އިންފްލެމޭޝަން އުފެދެން މެދުވެރިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ލޭ ހޮޅިތައް ހަނިވެ، ހިތަށް ބާރުބޮޑުވެ އެވެ.
ދިރާސާ ކުރި ޓީމުގެ އިސްވެރިޔާ މާތިލްޑް ޓުވިއޭ ވިދާޅުވީ، ކާބޯތަކެތި އުފައްދާ ކުންފުނިތަކުން ބޭނުންކުރާ މިފަދަ އެޑިޓިވްސްތަކަކީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެހިތޯ ބަލާ މިންގަނޑުތައް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާތަކުން އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށެވެ.
ގަވައިދާ ހިލާފަށް ރުއްގަސް ކެންޑުމުން 550،000 ގެ ޖޫރިމަނާއެއް
ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތެއް ނެތް