ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގައި ޒިންމާވާ އީރާނުގެ އޮފިޝަލުންނާއި އެހެނިހެން ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ގައުމުތަކުން ނިންމައިފި އެވެ.
ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، ދުނިޔޭގެ ގޭހާއި ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މި ކަނޑުއޮޅި އީރާނުން ވަނީ އަމަލީ ގޮތުން ބަންދުކޮށްފަ އެވެ.
މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، އީޔޫގެ ސަރުކާރުތަކުން ވަނީ އީރާނާ ދެކޮޅަށް މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ދާއިރާ ފުޅާކުރުމަށް ފަންނީ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމާފަ އެވެ. މީގެ ސަބަބުން އިތުރު ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އީޔޫގެ ގައުމުތައް ތަމްސީލުކުރާ ޔޫރަޕިއަން ކައުންސިލުން ހާމަކުރި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު މިހާރު އިއްތިހާދަށް ވަނީ ލިބިފަ އެވެ.
މީގެ ކުރިން ބްރަސަލްސްއިން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މެދުއިރުމަތީގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް ވާގިވެރިވުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެ ގައުމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާ ގުޅިގެންވެސް އީޔޫއިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ދަތުރުފަތުރުކުރުން މަނާކުރުމާއި މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނޭ މި އާ ފިޔަވަޅުތައް އަމާޒުކުރާ ވަކިވަކި ފަރާތްތަކާއި އިދާރާތަކުގެ ނަންތައް އީޔޫއިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފައިސާއާއި މާލީ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އީޔޫގެ ރައްޔިތުންނާއި ކުންފުނިތަކަށް މަނާކަމަކަށް ވާނެއެވެ.
ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައި، ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް އުފުލިފަ އެވެ.
ލަންކާއަށް މޫސުން ގޯސްވެ ފްލައިޓްތަކެއް ޑައިވާޓްކުރަން ޖެހިއްޖެ
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ
މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްއަށް ދުނިޔޭގެ ރެކޯޑެއް!