މިއަހަރުގެ އަޟްހާ އީދު ދުވަހު، މައްކާގެ ގަޑިން މެންދުރު 12:18 ގައި އިރު ހުންނާނީ ކައުބަތުﷲ ގެފުޅާ ސީދާ 90 ޑިގްރީ މަތީގައެވެ. އިސްލާމީ ބޮޑު މުނާސަބަތަކާ މި ހާދިސާ ދިމާވަނީ މިއީ މީގެ 33 އަހަރު ކުރިން 1993 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެކަން ވާތީ އެވެ.
"ޒީރޯ ޝެޑޯ" ނުވަތަ ހިޔަނި ނެތިދާ ވަގުތުކޮޅު އިރުގެ ދޯދިތައް ސީދާ ތެދަށް ގެފުޅަށް އެޅޭ މި ވަގުތުގައި، މައްކާގައި އޮލަނބަށް ހުންނަ އެއްވެސް އެއްޗެއްގެ ހިޔަންޏެއް ނުހުންނާނެ އެވެ.
ސައިންސްވެރިން "ޒީރޯ ޝެޑޯ" ގެ ނަމުން ނަންދީފައިވާ މި ހާލަތަކީ އިރުގެ ކޮންމެ އަހަރަކު ދެ ފަހަރު ތަކުރާރުވާ ކަމެކެވެ. ނަމަވެސް، ހަނދުމަހަށް ބިނާވާ ހިޖުރީ ކަލަންޑަރުގެ އީދު ދުވަހާ މި ތާރީހު ދިމާވަނީ ގާތްގަނޑަކަށް ކޮންމެ 33 އަހަރަކުން އެއްފަހަރު ކަމަށްވާތީ، މިއީ ވަރަށް ނާދިރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ވަގުތަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަށް ވެސް، އެއްވެސް އާލާތަކާ ނުލައި ކަށަވަރުކަމާއެކު ގިބްލަ ހޯދައިލަން ލިބޭ ފަސޭހަ ފުރުސަތެކެވެ. އެވަގުތު އިރު ފެންނަން ހުރި ހިސާބުތަކުގައި، އިރު ހުރި ދިމާއަކީ ސީދާ ކައުބަތުﷲ ގެފުޅު ހުރި ދިމާ އެވެ.
މި ކަމަކީ ފަލަކީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް މައްކާއަށާއި މުޅި އިސްލާމީ އުންމަތަށް މިއަހަރު ލިބިގެންދާނެ ވަރަށް ހާއްސަ ވަގުތުކޮޅެކެވެ.
"އާންމު މެންބަރުން މީހެއްގެ ކައިރިން މައާފަށް އެދެން ނުޖެހޭ"
އުމުރުން ދުވަސްވާ ވަރަކަށް އަވަސް އަވަހަށް ކުޑަކަމު ދެެވޭތަ؟
އީރާނާއެކު އެއްބަސްވުމުގައި ސޮއިކުރަން ގާތްވެއްޖެ: ޓްރަމްޕް