ހޮލީވުޑްގެ ސުޕަސްޓާ ބްރެޑް ޕިޓް ލީޑް ރޯލުން ފެނިގެންދިޔަ އަދި ބޮޑު ބޮކްސް އޮފީސް ކާމިޔާބީއެއް ހޯދި ރޭސިންގް ޑްރާމާ ފިލްމު "އެފް 1" ގެ ސީކުއަލް ރިލީޒް ކުރާނެ ތާރީހާ ބެހޭ ގޮތުން ފިލްމުގެ މުހިއްމު ތަރިއަކު އާ މައުލޫމާތު ތަކެއް ހިއްސާ ކޮށްފި އެވެ.
މި ފިލްމުގައި ބްރެޑްއާއެކު މުހިއްމު ރޯލަކުން ފެނިގެންދިޔަ ބަތަލާ ކެރީ ކޮންޑަން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ދެވަނަ ބަޔަކަށް ބެލުންތެރިން ކުރާ އިންތިޒާރު "ކުޑަ ތަންކޮޅެއް ދިގުލައިގެން ހިނގައިދާނެ" ކަމަށެވެ.
ކެރީ ހާމަކުރި ގޮތުގައި ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށްޓަކައި ޕްރޮޑަކްޝަން ޓީމުން ކުރި ބުރަ މަސައްކަތާއި ރޭސިންގް މަންޒަރުތައް ހަމަ ހަގީގީ ގޮތެއްގައި ކެމެރާ ކުރުމަށް ނެގި ވަގުތަށް ބަލާއިރު ދެވަނަ ބައެއްގެ ސްކްރިޕްޓް ލިޔެ މަންޒަރުތައް ފުރިހަމައަށް ތައްޔާރު ކުރަން ދުވަސްތަކެއް ނަގާނެ އެވެ.
"މިކަހަލަ ބޮޑު އުފެއްދުމެއް ދެވަނަ ފަހަރަށް ސްކްރީނަށް ގެންނައިރު، ފުރަތަމަ ބަޔަށްވުރެ ފެންވަރު ރަނގަޅު ކުރަން ޖެހޭނެ. އެހެންކަމުން ޓީމުން އަވަސް އަރުވާލައިގެން މަސައްކަތް ކުރާކަށް ބޭނުމެއް ނުވޭ،" ކެރީ ފާހަގަކުރި އެވެ.
"F1" ގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ތަރުހީބަށްފަހު ފިލްމުގެ ޕްރޮޑިއުސަރު ޖެރީ ބްރަކްހައިމާ ވަނީ މީގެ ދެވަނަ ބައެއްގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން މީގެ ކުރިން ކަށަވަރު ކޮށްދީފަ އެވެ.
މީގެ އިތުރުން، ފޯމިއުލާ 1 ގެ ލެޖެންޑް ލުއިސް ހެމިލްޓަން ވެސް ދަނީ ޑައިރެކްޓަރު ޖޯސެފް ކޮސިންސްކީއާއެކު ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް އާ ސްކްރިޕްޓްގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.
ސީކުއަލްގެ މަސައްކަތް ނިންމައި ސިނަމާތަކަށް އަންނާނެ ސީދާ ތާރީހެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ފުރަތަމަ ބައިގެ ކާމިޔާބީއަށްފަހު ރޭސިންގް ފޭނުންނާއި ބްރެޑްގެ ސަޕޯޓަރުން ތިބީ މީގެ ދެވަނަ ބާބެއް ސްކްރީނުން ބަލަން ކެތް މަދުވެފަ އެވެ.
އީދު ބޮނޑިބަތުގެ ސަގާފަތް ފެށިގެން އައީ ކިހިނެއް؟
ދަރްމެންދްރާއަށް އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި އެވޯޑް!
ކުޑަ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް