ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ، ލަންޑަނުގެ "އޯލްޑް މެރިލެބޯން ޓައުން ހޯލް" ގައި ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނި ކޮށްފި އެވެ.
މީޑިއާއަށް ވަރަށް ސިއްރުން ބޭއްވި މި ހަފުލާގައި ދުއާ ލިޕާ ފެނިގެންދިޔަ ތަފާތު "ބްރައިޑަލް ލުކް" އާއެކު، އޭނާ ވަނީ ފެޝަންގެ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ހޯދާފަ އެވެ.
އާންމުކޮށް ކައިވެނީގެ ރަސްމިއްޔާތު ތަކުން ފެންނަ ދިގު ހެދުންތަކުގެ ބަދަލުގައި، ދުއާ ލިޕާ އިހްތިޔާރުކުރީ 1970 ގެ އަހަރުތަކުގެ މަޝްހޫރު ފެޝަން އައިކަން ބިއާންކާ ޖެގާގެ ސްޓައިލުން ހިތްވަރު ހޯދައިގެން ތައްޔާރުކޮށްފައިވާ ސޫޓެކެވެ.
ދުއާ ލިޕާ މި ރަސްމިއްޔާތަށް ބޭނުންކުރީ މަޝްހޫރު ފެޝަން ހައުސް ޝިއަޕަރެއްލީގެ ކްރިއޭޓިވް ޑައިރެކްޓަރު ޑެނިއަލް ރޯޒްބެރީ ފަރުމާކޮށްފައިވާ ހުދު ކުލައިގެ "ސްކާޓް ސޫޓް" އެކެވެ. މި ހެދުމުގައި ފާހަގަ ކޮށްލެވޭ ގިނަ ކަންތައްތަކެއް ހުއްޓެވެ.
ސޫޓުގެ ކުރިމަތިން ފެންނަން ހުރި ރަން ކުލައިގެ "ގުގުރި ގޮށްތަކުން" ހެދުމަށް ހައި-ފެޝަން ލުކްއެއް ގެނެސްދެ އެވެ. އެއާއެކު ސޫޓާއެކު ހިމެނޭ ތަފާތު ބައްޓަމެއްގެ ބޮޑު ސްކާޓުން "އެސިމެޓްރިކް" ލުކްއެއް ގެނެސްދެ އެވެ.
ދުއާ ބޮލުގައި އަޅައިގެން ހުރީ ރަންކުލައިގެ ފޮއިލްތަކުން ޖަރީކޮށްފައިވާ ފުޅާ ތޮތްޕެކެވެ. ކަރުގައި އަޅާފައި އޮތް ހުދު ރަނާއި ޖަވާހިރުން ފަރުމާކޮށްފައިވާ ބަލްގަރީ ބްރޭންޑްގެ ވަރުގަދަ ފަށުން ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.
.އެއާއެކު ލުކް ނިންމާލުމުގެ ގޮތުން ދުއާ ބޭނުން ކޮށްފައިވަނީ ކްރިސްޓިއަން ލޫބުޓާން ބްރޭންޑްގެ ހުދު ކުލައިގެ ބޫޓެކެވެ.
މި ރަސްމިއްޔާތުގައި ދުއާގެ ފިރިމީހާ ކެލަމް ޓާނާ ފެނިގެންދިޔައީ ވަރަށް ސާދާ އަދި ސްމާޓް ލުކްއެއްގަ އެވެ. އޭނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ "ޑަބަލް ބްރެސްޓެޑް" ސޫޓެކެވެ. އޭނާގެ ސޫޓާއެކު އެ ކުލައިގެ ގަމީހަކާއި ފަށެއް އެޅުމުގެ ސަބަބުން، ދުއާ ލިޕާގެ ހުދު ހެދުން އިތުރަށް ފާހަގަކޮށްލެވޭ ގޮތްވި އެވެ.
ލަންޑަނުގައި ބޭއްވި ކައިވެނީގެ ރަސްމިއްޔާތަކީ ހަމައެކަނި ގާނޫނީ މަރުހަލާ ނިންމާލުމަށް ބޭއްވި ކުރު ރަސްމިއްޔާތެކެވެ. ހަބަރުތައް ބުނާގޮތުގައި،މި ދެމަފިރިން ދެން މިސްރާބު ޖަހާނީ އިޓަލީގެ ސިސިލީ އަށެވެ.
ސިސިލީގެ ޕަލާމޯ ކައިރީގައި ދެން ބާއްވާ ބޮޑު ކައިވެނީގެ ހަފްލާއަށް ދުއާ ލިޕާ ލާނެ ހެދުން ފަރުމާ ކުރަމުންދަނީ މަޝްހޫރު ޑޮނަޓެއްލާ ވާސާޗޭ އެވެ.
އެހެން ކަމުން ފެޝަނަށް ލޯބިކުރާ ފަރާތްތަކުން މިހާރު ތިބީ ދެން ފެންނާނެ ދުއާގެ ކައިވެނީގެ އަސްލު ހެދުމަށް ކެތްމަދުވެފަ އެވެ.
ކަލްނާޔަކް ރިޓާންސް: 30 އަހަރަށްފަހު ޖެކީއާއި ސަންޖޭ އެކީގައި!
ނަތަންޔާހޫގެ އަމުރަށް އިޒްރޭލު ސިފައިން ލުބުނާނަށް ވަދެގަނެއްޖެ
ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް