މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ މަސައްކަތް ކުރިއަށް ގެންދަން އުނދަގޫވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގެ ގާތްގަނޑަކަށް 60 ޕަސެންޓު މިހާރު އޮތީ ނިމިފައި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު އެ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތެޔޮ ލިބުމުގައި ހުރި ދަތިކަން ހިމެނޭހެން މިފަދަ ކަންކަން ދިމާވުމުގެ ސަބަބުން އެ މަސައްކަތްތަކަށް ދަތި ވަނީ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ކޮންޓްރެކްޓުތައް ހަދާފައި ހުންނާނީ ވެސް ހަނގުރާމައެއް އަންނާނެ ކަމަކަށް ބަލައިގެނެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރަސްމާލެ މަޝްރޫއަކީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ފެށި މެގަ ޕްރޮޖެކްޓެކެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަނެއް ހަރަދުކުރާ މި ޕްރޮޖެކްޓަށް އެތައް ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ. ސަބަބަކީ ގުޅިފަޅާއި، ގިރާވަަރުފަޅު ފަދަ ބިންތަކަށް ސަރުކާރުން އެތައް ހަރަދެއް ކުރުމަށްފަހު އެތަންތަން ނުނިންމައި އިތުރު ޕްރޮޖެކްޓެއް އަނެއްކާ ފެށުމުންނެވެ.
އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ޖޫން 8 ގައި
ނަތަންޔާހޫގެ އަމުރަށް އިޒްރޭލު ސިފައިން ލުބުނާނަށް ވަދެގަނެއްޖެ
ނަފްސާނީ މައްސަލަތަކަށް ބްރިޓްނީ އެންމެ ފަހުން އިއުތިރާފް ވެއްޖެ