ސަރުކާރުގެ ކުންފުނި، އެމްޓީސީސީން ކުރިއަށްގެންދާ "މާލެ ޓެކްސީ" ލައިންގެ ހިދުމަތަށް ހާއްސަ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު ލޯންޗުކޮށްފި އެވެ. މި އެޕްލިކޭޝަން ނެރެފައި މިވަނީ، މީގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި 13 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އެމްޓީސީސީން ބުނި ގޮތުގައި، އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ވަރަށް އަވަހަށް ގޫގްލް ޕްލޭ ސްޓޯރުން މި އެޕްލިކޭޝަން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެހާތަނަށް އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ވެބް ޕޯޓަލް ނުވަތަ 1655 ހޮޓްލައިން މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެއެވެ.
މި އެޕްލިކޭޝަންގެ މަސައްކަތް ބަޔަކާ ހަވާލުކުރީ އާންމުކޮށް ބީލަމަށް ހުޅުވާނުލައި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް 13 މިލިއަން ރުފިޔާއަށް ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެމްޓީސީސީން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މި މަޝްރޫއުގެ ދަށުން ތައްޔާރުކުރާ އެޕްލިކޭޝަންގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހަށް ނިންމަންޖެހޭއިރު، އެޕްލިކޭޝަން ބޭނުން ކުރެވޭވަރު ވެފައިވަނީ މި މަހު އެވެ. ނަމަވެސް، މަސައްކަތް ނުނިމެނީސް މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް އެމްޓީސީސީން ދައްކާފައިވާ ކަން ވަނީ ހާމަވެފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!