ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަތަރު މަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ބޭނުންވާ މުވައްޒަފުންނަށް މިއަދު ހުޅުވާލައިފި އެވެ.
މިދިޔަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އަންގައިގެން ފެނަކަ އިން ވަނީ އެތައް ސަތޭކަ ބަޔަކަށް ވަޒީފާ އާއި ޕްރޮމޯޝަން ބަހައިފަ އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އެ ކުންފުނީގެ ތެރޭގައި ހިންގާފައިވެ އެވެ.
އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރުމަށް ފަހު މިއަދު ހުރިހާ ޑިޕާޓްމަންޓަކަށް ފޮނުވި މެމޯއެއްގައި ވާ ގޮތުން މުވައްޒަފުން އެދިގެން އަދާކުރަމުން އަންނަ ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެ ކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ޖޫން 14، ގެ 3:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އެފަދަ މުވައްޒަފުން އެކަން ހުށަހަޅަން ޖަހަނީ ފެނަކައިގެން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ.
އޭގެ އިތުރުން ވެސް ވަނީ އެ ކުންފުނީގެ އާލީ ރިޓަޔަމަންޓު ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމަށް ބޭނުންވާ މުވައްޒަފުންނަށް ވެސް އެ ފުރުސަތު ހުޅުވާލާފަ އެވެ.
ފެނަކައަށް ދާދިފަހުން ވަނީ އާ މެނޭޖިން ޑިރެކްޓަރެއް ވެސް އައްޔަނުކޮށްފަ އެވެ. އެޕްރީލް 27، ގައި އެ މަގާމާ ހަވާލުވީ މއ. ވޭވްސައިޑް، މުހައްމަދު އަފީފް ހުސައިން އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި
ފުލުހުންގެ އިދާރީ އޮނިގަނޑު ބަދަލުކޮށްފި