ހޮލީވުޑްގެ ސުޕަސްޓާ ޖެނިފާ ލޮޕޭޒްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ލޯބީގެ ހަޔާތުގެ ވާހަކަތަކަކީ އަބަދުވެސް މީޑިއާގެ ސަމާލުކަން ލިބޭ ކަންކަމެވެ.
އެގޮތުން އެންމެ ފަހުން މީޑިއާގައި ދެކެވުނު ވާހަކަތަކަށް ޖެނިފާ މިވަނީ ވަރަށް ސާފު ރައްދެއް ދީފަ އެވެ. އޭނާގެ ކުރިއަށް އޮތް ރޮމެންޓިކް ކޮމެޑީ ފިލްމު "އޮފީސް ރޮމޭންސް" އިން ފެންނާނެ އެކްޓަރު ބްރެޓް ގޯލްޑްސްޓީންއާއެކު ލޯބީގެ ގުޅުމެއް އޮތް ކަމަށް ފެތުރުނު އަޑުތައް އޭނާ ވަނީ މުޅިން ދޮގުކޮށްފަ އެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ޖެނިފާ ހާމަކުރި ގޮތުގައި، އޭނާއާއި ބްރެޓްއާ ދެމެދު އޮތީ ހަމައެކަނި މަސައްކަތުގެ ގުޅުމެކެވެ. އަދި ފިލްމުގެ ސްކްރީނުން ދައްކުވައިދޭ "ކެމިސްޓްރީ"އަކީ ހަމައެކަނި އެކްޓިންގް ކަމަށާއި ހަގީގީ ދިރިއުޅުމުގައި އެފަދަ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށް އޭނާ ބުންޏެވެ.
"ޓެޑް ލާސޯ" ސީރީޒްއިން މަގުބޫލުކަން ހޯދި އެމީ އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު ބްރެޓްއާއި ޖެނިފާ ގުޅުވައިގެން ވާހަކަ ދެކެވެން ފެށީ މި ދެ ފަންނާނުން އެކުގައި އާ ފިލްމެއްގެ މަސައްކަތް ފެށި ހިސާބުންނެވެ. "އޮފީސް ރޮމޭންސް" އަކީ ނެޓްފްލިކްސްއިން އުފައްދާ ބޮޑު ފިލްމެކެވެ.
މި ފިލްމުގެ ސެޓުން ދެމީހުން އެކުގައި ސަމާސާކޮށް ގާތްކޮށް އުޅޭތަން ފެނުމުން ބައެއް މީޑިއާތަކުން އެއީ ލޯބީގެ ގުޅުމެއް ކަމަށް ނިންމައި ހަބަރުތައް ފަތުރަން ފެށި އެވެ.
ނަމަވެސް ޖެނިފާގެ ގާތް ފަރާތްތަކުން ބުނާ ގޮތުގައި ޖޭލޯ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އޭނާގެ ކެރިއަރަށާއި ދަރިންނަށެވެ. ބޭކާރު އަޑުތަކަށް ވަގުތުދޭން އޭނާ ބޭނުމެއް ނުވެ އެވެ.
ބެން އެފްލެކްއާއެކު ކުރި ކައިވެނި ރޫޅުމަށްފަހު ޖެނިފާގެ ލޯބީގެ ހަޔާތަށް މީޑިއާއިން ފާރަލުން ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ. އެހެން ނަމަވެސް މީޑިއާތަކަށް ފެންނަމުންދާ ހަގީގަތަކީ މިހާރު ޖޭލޯ ސަމާލުކަން ދެނީ އޭނާގެ މަސައްކަތަށް ކަމެވެ.
މި އަޑުތަކާއެކު އެ ފިލްމު ބަލަން ބޭނުންވެފައި ތިބި ސަޕޯޓަރުންގެ އިންތިޒާރު ވަނީ އިތުރުވެފަ އެވެ. މީޑިއާގެ އަޑުތައް ކެނޑުނު ނަމަވެސް، މި ދެ ތަރިންގެ އޮން ސްކްރީން ރޮމޭންސް ބަލާލަން ސަޕޯޓަރުން ތިބީ ކެތްމަދު ވެފަ އެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް
އަހާންއާއި އަނީތު އަލުން އެކުގައި ބޮޑު ސްކްރީނަށް!