ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް 12 އަހަރުފަހުން ފުލުހުންގެ ވަޒީފާ އަލުން ދީފި އެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުއްޓާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޝިޔާމް ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރު އެވެ.
ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް ދާދިފަހުން ހައި ކޯޓުން ހުކުމްކުރީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށެވެ.
އެހެންވެ, ޝިޔާމަށް ވަޒީފާ ދިނުމާއެކު, އޭނާ މިއަދު އެ ވަޒީފާއަށް ނުކުންނަން ފަށައިފަ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. ނަމަވެސް ޝިޔާމްގެ މައްސަލާގައި އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ޝިޔާމަށް އަލުން ވަޒީފާދިން ނަމަވެސް އޭނާއަށް 12 އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދޭން އެންގި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
އެލްނީނޯއިން ކުރިމަތިވެދާނެ ގަދަ ހޫނަށް ތައްޔާރުވާން ގޮވާލައިފި
އީރާނާއި އެމެރިކާގެ ހަމަލާތަކެއް، މަސްރަހު ގޯސްވުމުގެ ބިރު ބޮޑު
ބޭސް ކެޔަސް ވައިގެ މައްސަލަތައް ހައްލު ނުވަނީ ކީއްވެ؟