ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ސިނގިރޭޓު ބުއިން ހުއްޓާލާ ވަގުތުން ފެށިގެން ހަށިގަނޑު އަމިއްލައަށް މަރާމާތުވެ،ރަނގަޅުވާން ފަށާކަން އެނގުމަކީ މި ނުބައި އާދަޔާ ދުރުވާން ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
ފުއްޕާމޭ ބަލިތަކުގެ މާހިރުން މި ވަނީ ސިނގިރޭޓު ބުއިން ހުއްޓާލުމުން ހަށިގަނޑު މަރާމާތު ވަމުންދާ ގޮތުގެ ތާވަލު ތަފްސީލު ކޮށްދެއްވާފަ އެވެ.
ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތަކުގެ ތާވަލު
ފުރަތަމަ 20 މިނެޓު
ސިނގިރޭޓު ބުއިން ހުއްޓާލާ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ލޭގެ ޕްރެޝަރު އަދި ހިތުގެ ވިންދު އާދައިގެ ހާލަތަކަށް ރުޖޫއަވާން ފަށަ އެވެ.
12 ގަޑިއިރު
ލޭގެ ތެރޭގައި ހުންނަ ނުރައްކާތެރި ގޭހެއް ކަމަށްވާ ކާބަން މޮނޮކްސައިޑްގެ މިންވަރު ދަށްވެ، ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަންގެ މިންވަރު އާދައިގެ މިންގަނޑަކަށް މަތިވެ އެވެ.
2 ހަފްތާއިން 3 މަހަށް
ލޭ ދައުރުވުން ވަރަށް ބޮޑަށް ރަނގަޅުވެ، ފުއްޕާމޭގެ މަސައްކަތްތައް ހަލުވިވެ އެވެ. މީގެ ސަބަބުން ކަސްރަތު ކުރުމާއި ހިނގާބިނގާވެ އުޅުން ފަސޭހަ ވެގެންދެ އެވެ.
1 އަހަރު
ސިނގިރޭޓު ބުއިން ހުއްޓާލާތާ އެއް އަހަރު ވާއިރު ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކާ އަޅާ ބަލާއިރު 50 ޕަސެންޓް ކުޑަވެ އެވެ.
1 އަހަރުން 4 އަހަރަށް
މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ކެއްސުމާއި، ނޭވާ ކުރުވުމުގެ މައްސަލަތައް ފިލައިދެ އެވެ. ފުއްޕާމޭ ތެރޭގައި ހުންނަ "ސިލިއާ" އަލުން އާލާވެ ފުއްޕާމޭ ސާފުކޮށް އިންފެކްޝަންތަކުން ރައްކާތެރިކޮށްދެ އެވެ.
5 އަހަރު
ހަށިގަނޑުގެ ލޭހޮޅިތައް އަލުން ފުޅާވެ، ލޭގައި ގަނޑުތައް އުފެދުން މަދުވެ އެވެ. މީގެ ސަބަބުން ސްޓްރޯކެއް ޖެހުމުގެ ނުރައްކާ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކާ އެއްވަރަށް ކުޑަވެ އެވެ.
10 އަހަރު
ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެ އެވެ. އަދި އަނގައާއި ކިޑްނީގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ދަށްވެގެންދެ އެވެ.
މާހިރުންގެ މެސެޖު: ހުއްޓާލަން މާ ލަހެއް ނުވޭ!
ޕަލްމޮނޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި، އުމުރުން ކިތަންމެ ދުވަހެއްވީ ނަމަވެސް ނުވަތަ ކިތަންމެ ގިނަ އަހަރަކު ސިނގިރޭޓު ބުއި ކަމުގައި ވިޔަސް، އެ އާދަ ހުއްޓާލަން މާ ލަހެއް ނުވެ އެވެ.
ހުއްޓާލާ ކޮންމެ ވަގުތަކީ އުމުރު ދިގު ވުމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ. މިއަދަކީ އެ ނިންމުން ނިންމަން އެންމެ ރަނގަޅު ދުވަހެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަން ރުފިޔާ
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި