ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ މީހުންގެ މެދުގައި މިހާރަކަށް އައިސް "ކަރަންފޫ ފެން"ބުއިމަކީ ވަރަށް މަގުބޫލު ވަމުން އަންނަ އާދަ އެކެވެ. ހާއްސަކޮށް ހެނދުނު ހުސްބަނޑާ ހުރެ ކަރަންފޫ ފެން ބުއިމުން ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުވެ ބަނޑު ފުއްޕުމާއި ގޭސްވުން ފަދަ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ނަމަވެސް މިއީ ހަގީގަތުގައި ވެސް ބަނޑުގެ ބަލިތަކަށް އޮތް ޖާދޫއެއް ފަދަ ހައްލެއް ހެއްޔެވެ؟ މިކަމުގައި އޮތް ސައިންސްގެ ހަގީގަތް ޑޮކްޓަރުން ވަނީ ކިޔައިދީފަ އެވެ..
ކަރަންފުލަކީ އޭގެ ޒާތުގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ "ހާބަލް" އެއްޗެކެވެ. އޭގައި "ޔޫޖެނޯލް" ކިޔާ މާއްދާއެއް އޭގައި އެކުލެވިގެންވެ އެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ސިފަތައް އެކުލެވޭ މާއްދާ އެކެވެ.
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ކަރަންފޫ ފެނުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:
- ހަޖަމުކުރުމަށް އެހީވުން: ކަރަންފުލުގެ ސަބަބުން ބަނޑުގެ އެންޒައިމްތައް އުފައްދައިދޭ މިންވަރު އިތުރުކޮށްދީ، ކާބޯތަކެތި ފަސޭހައިން ހަޖަމުވުމަށް މަގުފަހިކޮށްދެ އެވެ.
- ގޭސްވުން ކުޑަކޮށްދިނުން: ބަނޑު ފުއްޕުމާއި، ގޭސް ހެދުމުގެ ސަބަބުން ބަނޑުގައި ރިއްސާ ރިއްސުން ކުޑަކުރުމަށް މިއީ އެހީތެރިވެދޭ އެއްޗެކެވެ.
- އަނގަޔަށް ތާޒާކަން ދިނުން: އޭގެ އެންޓިބެކްޓީރިއަލް ސިފަތަކުގެ ސަބަބުން އަނގައިގެ ތެރޭގައި އުފެދޭ ޖަރާސީމު ނައްތާލައި، ނުބައި ވަސް ކަނޑުވައިދެ އެވެ.
މާހިރުންގެ އިންޒާރު: މިއީ ޖާދޫއެއް ނޫން!
ޑޮކްޓަރުން ބަޔާންކުރައްވާ ގޮތުގައި، ކަރަންފޫ ފެނަކީ ބަނޑުގެ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދޭ އެއްޗަކަށް ވިޔަސް، މިއީ ބަނޑުގެ ހުރިހާ ބައްޔަކަށް އޮތް "ޖާދޫގެ ބޭހެއް" ނޫނެވެ.
ވިސްނާލަންޖެހޭ މުހިއްމު ކަމެއް
ބަނޑު ހަލާކުވުން، އަލްސަރު ހުރުން، ނުވަތަ ގޭސްޓްރިކްގެ ބޮޑެތި މައްސަލަތައް ހުންނަ މީހުން ކަރަންފޫ ފެން ބޭނުން ކުރުމުން ބައެއް ފަހަރު ބަނޑުތެރެ ކެކި، ދިލަ ނެގުން އިތުރުވެދާނެ އެވެ. ސަބަބަކީ ކަރަންފުލަކީ އޭގެ ޒާތުގައި ވަރަށް "ތޫނު" ނުވަތަ ހޫނު އެއްޗަކަށް ވުމެވެ.
މީގެ އިތުރުން، ކަރަންފޫ ފެން އާދަޔާ ހިލާފަށް ގިނައިން ބޯނަމަ، އޭގައި ހުންނަ ޔޫޖެނޯލްގެ ސަބަބުން ފުރަމޭއަށް ބާރުބޮޑުވެ، ލޭ ދިޔާވުމުގެ މައްސަލަތައް ކުރިމަތި ވެދާނެ އެވެ.
އެހެންކަމުން ދިރިއުޅުމުގެ ދުޅަހެޔޮ އާދައެއްގެ ގޮތުން ކަރަންފޫ ފެން ބޭނުންކުރި ކަމުގައި ވިޔަސް މިންގަނޑުން ބޭރު ނުވުމާއި ބަނޑުގެ ދާއިމީ ބައްޔެއް ހުންނަނަމަ އަމިއްލައަށް ފަރުވާ ކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!