އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި އެކުގައި މަސައްކަތް ނުކުރާ މީހުން ބާކީކޮށް، އެކަހެރި ކުރުމަކީ އެ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށާއި، އެފަދަ ތަފާތުކުރުމެއް އޭނާގެ ދައުރެއްގައި ނުގެންގުޅުއްވާނެ ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު މީކާއިލް ވިދާޅުވީ، އިންތިހާބުގެ ތެރޭގައި ވާދަވެރިން ދައްކަވަމުންދާ ބައެއް ވާހަކަތަކުގެ ސަބަބުން 2023 ވަނަ އަހަރު ޕާޓީއަށް ކުރިމަތިވި ހިތްދަތި ހާލަތު އިއާދަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، އޭނާ ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެ ނަމަ، ކެމްޕޭނުގައި އޭނާއަށް ތާއީދުކުރި މީހުންނާއި ތާއީދު ނުކުރާ މީހުންގެ މެދުގައި އެއްވެސް ތަފާތެއް ނުބަހައްޓަވާނެ ކަމަށެވެ. އަދި ހުރިހާ މެންބަރުންނަށް ވެސް ޕާޓީގެ ކުރީ ސަފުން ޖާގަ ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މީކާއިލް މިފަދައިން ވިދާޅުވެފައި މިވަނީ، ޗެއާޕާސަން އިންތިހާބުގައި އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާ އެކު ނުތިއްބަވާ ބޭފުޅުން ތިއްބަވަން ޖެހޭނީ ދުރުގައި ކަމަށެވެ.
މީގެ އިތުރުން، މީކާއިލްގެ ވާހަކަފުޅުގައި ޒުވާނުންނަށް ޕާޓީގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭނާގެ ޗެއާޕާސަންކަމުގައި ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލައި، ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެންމެ ފަހު ވަގުތު ހައިޓީއަށް ޖެހުނީ ޖޯޒީގެ ޑިޒައިން ބަދަލުކުރަން
އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް:ސިވިލް ކޯޓް