އޮކްޓޯބަރު 3، 2025، ގެ ރޭ މާލޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ގާނޫނީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ އެންމެ މުހިންމު އަސާސް ކަމަށް ވާއިރު، މިހާރު ފެންނަމުންދަނީ އެ ނިޒާމުގެ ބޭނުން ނޭދެވޭ ގޮތުގައި ހިފަމުންދާ މަންޒަރު ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ.
ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް މި ދައުވާތައް އުފުލާފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ފުރިހަމަވާންޖެހޭ އެކަށީގެންވާ ހެކި ނުހޯއްދަވައި ކަމަށެވެ. އަދި ހަގީގަތުގައި އެއްވެސް ހެއްކެއް ނެތުމުން، ދެން ފެންނާނީ ހެކި އުފައްދާ ނުވަތަ ފެބްރިކޭޓު ކުރާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ސިފަކުރެއްވި ގޮތުގައި، އެއްވެސް އަސާސެއް ނެތް މިފަދަ ދައުވާތަކަކީ ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވުމުގެ ކުރިން ރާއްޖޭގައި ހިނގަމުންދިޔަ ބާރުވެރިކަމުގެ ބޭނުން ނޭދެވޭ ގޮތުގައި ހިފުމުގެ ބާވަތުގެ ދައުވާތަކެކެވެ.
އަދި މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ، ސިޔާސީ ކުލަވަރު ޖެހިފައިވާ ކަމެއްކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައްޔިތުންގެ ގާނޫނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މި މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކާ ހަމައަށް ގެންދިއުމަކީ އެ ޕާޓީގެ އިސް މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
އެއްބަސްވުން އިޒްރޭލާ ހިއްސާނުކުރަން އެމެރިކާއިން ނިންމައިފި
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި