ކުޅުދުއްފުށީ ޕޯޓުގައި މުދާ ކްލިއާކުރުމުގެ ތެރޭގައި ކްރޭނެއްގެ ލޮކު ނެއްޓިގެން ދޯންޏަކަށް ކޮންޓެއިނަރެއް ވެއްޓި ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުން މިއަދު ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު އެވެ. މި ހާދިސާ ހިނގާފައިވަނީ ކޮންޓެއިނަރު އުފުލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކްރޭނުގެ ލޮކު ނެއްޓިގެން ދޯންޏެއްގެ މައްޗަށް ކޮންޓެއިނަރު ވެއްޓުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކޮންޓެއިނަރު ވެއްޓުމުގެ ސަބަބުން ދޯންޏަށާއި ކޮންޓެއިނަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މަންޒަރު ދުށް ކިޔައިދިންގޮތުގައި ދޯނީގެ އެކި ތަންތަން ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި އޭގެ ތެރޭގައި ހުރި މުދަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މުދަލަށާއި އުޅަނދަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ހާދިސާ ހިނގިއިރު އެ ސަރައްދުގައި ތިބި މީހުން ކިޔައިދިނެވެ.
މީހަކަށް ގެއްލުމެއް ނުލިބުނު ކަމުގައި ވިޔަސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކޮށް ބަލަމުންނެވެ.
އެމްބާޕޭގެ ރެކޯޑް ލަނޑާއެކު ފްރާންސަށް މޮޅެއް
މެސީގެ ރެކޯޑް ހެޓްރިކާއެކު އާޖެންޓީނާއަށް ރަނގަޅު ފެށުމެއް
