ބޮލީވުޑްގެ ރަން އަޑުގެ ވެރިޔާ ސޯނޫ ނިގަމްގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާގެ އެތައް މިލިއަން ސަޕޯޓަރުންނަކަށް މިވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.
ދާދި ފަހުން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ހިއްސާކުރި ވީޑިއޯއެއްގައި ސޯނޫ ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ތަހައްމަލު ކުރަމުންދާ ނާރުގެ ބައްޔަކާއި އޭގެ ސަބަބުން ލިބެމުންދާ ހިތްދަތި ވޭނުގެ ވާހަކަ ފުރަތަމަ ފަހަރަށް ކިޔައިދީފަ އެވެ.
އޭނާ ބުނިގޮތުގައި، މި ބަލީގެ ސަބަބުން ހަށިގަނޑަށް ވަމުންދާ ގޮތް ދެނެގަތުމަށްޓަކައި ގިނަ އަދަދެއްގެ އެމްއާރްއައި އަދި ސީޓީ ސްކޭންތަކެއް މިހާރު ދަނީ ހަދަމުންނެވެ.
ސޯނޫ ކިޔައިދިން ގޮތުގައި މި ބަލީގެ އުނދަގޫތައް އެންމެ ފުރަތަމަ ފެށުނީ ކުއްލިއަކަށެވެ. ބޮލަށް ބަރުވެ، ކޮނޑާއި ކަރާ ހިސާބުން ނާރުތަކަށް ދަމައި، އާދަޔާ ހިލާފު ބޮޑު ވޭނެއް އިހުސާސް ކުރެވެން ފެށީ އެވެ.
"މިއީ އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި އެންމެ ވޭން ބޮޑު އެއް ތަޖުރިބާ. ތަދު ހުންނަވަރުން ބައެއް ފަހަރު ހަމަހިމޭނުން އިށީނދެގެން އިނުންވެސް އެއީ ބޮޑު އަޒާބަކަށްވޭ. ޑޮކްޓަރުން ދަނީ މިއީ ކޮން ކަހަލަ ނާރުގެ މައްސަލައެއްތޯ ބަލަން ވަރަށް ގިނަ ޓެސްޓުތަކެއް ހަދަމުން،" ވަރަށް ބަލިކޮށް ހުރެ ސޯނޫ ވީޑިއޯގައި ބުންޏެވެ.
އޭނާ ހޮސްޕިޓަލުގައި ހުރެ ނަގާފައިވާ ބައެއް ފޮޓޯތަކާއި ސްކޭން ރިޕޯޓްތަކުގެ ކުޑަ ބައެއްވެސް ވަނީ ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.
މި ސީރިއަސް ސިއްހީ މައްސަލައާ ގުޅިގެން ސޯނޫ ކުރިއަށް ރާވާފައި ހުރި ބައެއް މިއުޒިކް ކޮންސެޓްތަކާއި ރެކޯޑިންގްތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އޭނާ ބުނީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަރާމު ކުރުމަށާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ފަރުވާ ފުރިހަމަ ކުރުމަށް ކަމަށެވެ.
ސޯނޫގެ މި ޕޯސްޓާއެކު ބޮލީވުޑްގެ މަޝްހޫރު ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ކޮމެންޓް ސެކްޝަންގައި ހެޔޮދުއާގެ މެސެޖުތައް ފޮނުވަމުންނެވެ.
ވޭނުގައި އުޅެމުންވެސް ސޯނޫ ވަނީ އޭނާގެ ސަޕޯޓަރުންނަށް އުންމީދީ މެސެޖެއް ދީފަ އެވެ. އޭނާ ބުނީ މިއީ ދިރިއުޅުމުގައި އަންނާނެ އިމްތިހާނެއް ކަމަށާއި، ދާދި އަވަހަށް މި ބަލިން ސަލާމަތްވެ، އަލުން އެނބުރި ސްޓޭޖަށް އައިސް ލަވަކިޔަން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މުއިއްޒަކީ ބޭވަފާތެރިއެއް: ނަޝީދު
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟