1091 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން މިރޭ އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 760 މީހުންނެވެ.

މިއަދު ކޭސްތައް ގިނަވި ގޮތުގެ ތަފްސީލު

  • 30 އޭޕްރީލް - 1
  • 1 މެއި - 6
  • 3 މެއި - 21
  • 4 މެއި - 16
  • 5 މެއި - 153
  • 6 މެއި - 103
  • 7 މެއި - 131

މިއަދުގެ 1091 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 35،815 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 9،423 ގައި މިހާރު ހުރިއިރު 26،299 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 250 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 84 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.