މިއަހަރުގެ ވޯލްޑް ކަޕް ފޯރިއާއެކު ކުރިއަށްދާއިރު، ދަނޑުމަތީގެ ފޯރިއަށްވުރެ ބޮޑަށް މެޑިކަލް މާހިރުންނާއި ސިއްހީ ދާއިރާގެ ސަމާލުކަން ހުއްޓިފައި ވަނީ މުޅި ދުނިޔެއަށް ކުރިމަތި ވަމުންދާ ގަދަ ހޫނަށެވެ.
މިއީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ހޫނުގަދަ އެއް މުބާރާތަށް ވުމުގެ ބިރު އޮތްއިރު މި ހޫނުގެ ނުރައްކާ އޮތީ ހަމައެކަނި ދަނޑު މަތީގައި ކުޅޭ ކުޅުންތެރިންނަކަށް އެކަންޏެއް ނޫނެވެ.
ދަނޑުތަކަށް ވަންނަ އެތައް މިލިއަން ސަޕޯޓަރުންނާއި، މުބާރާތުގެ އެކި ކަންކަމުގައި އުޅޭ އެތައް ހާސް މަސައްކަތްތެރިން ވެސް މިވަގުތު ތިބީ ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ.
މިފަހަރުގެ މުބާރާތް ބާއްވާ ބައެއް ސިޓީތަކަށް ބަލާއިރު، ހޫނުމިން އާދަޔާ ހިލާފަށް މަތިވެ، ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމާއި ހޫނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
ފެން ބުއިމުގެ މަޖުބޫރު ބްރޭކްތަކެއް: ތައުރީފާއި ފާޑުކިޔުން
ކުޅުންތެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ފީފާއިން ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ކޮންމެ ހާފެއްގެ މެދު ތެރެއިން 3 މިނެޓުގެ "ހައިޑްރޭޝަން ބްރޭކް" މަޖުބޫރު ކޮށްފަ އެވެ. މިއީ މޫސުމަށް ބެލުމެއް ނެތި ހުރިހާ މެޗެއްގައި ވެސް ދޭން ޖެހޭ ބްރޭކެކެވެ.
ނަމަވެސް މި ނިންމުމަށް ފުޓްބޯޅަ މާހިރުންނާއި ސަޕޯޓަރުންގެ ފަރާތުން ދަނީ އެކި ކަހަލަ ހިޔާލުތައް ލިބެމުންނެވެ. ބައެއް ކޯޗުންނާއި ކުޅުންތެރިން ބުނާ ގޮތުގައި މިއީ މެޗުގެ ފޯރިއާއި ރިދަމް ގެއްލުވާލާ ކަމެކެވެ.
ބައެއް ބްރޯޑްކާސްޓަރުން މި ވަގުތުކޮޅުގެ ބޭނުން ހިފައިގެން އިޝްތިހާރު ދައްކަމުންދާތީ ސަޕޯޓަރުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަނެއް ކޮޅުން، ސިއްހީ މާހިރުން ބުނަނީ ތިން މިނެޓުގެ ކުރު ވަގުތު ކޮޅަކީ މިފަދަ ގަދަ ހޫނެއްގައި ހަށިގަނޑުގެ ފި ނިހޫނުމިން ދަށްކޮށް، ފުރިހަމައަށް ހައިޑްރޭޓް ވުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.
ސަޕޯޓަރުންނަށް އޮތް ނުރައްކާ ބޮޑު
ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނަށް ސިއްހީ އެހީތެރިކަން އަވަހަށް ލިބުނު ނަމަވެސް، ދަނޑުގެ ބޭރުގައި ނުވަތަ އޯޕަން- އެއާ ފޭން ފެސްޓިވަލްތަކުގައި މެޗު ބަލަން ތިބޭ ސަޕޯޓަރުންނަށް އޮތް ނުރައްކާ މާ ބޮޑެވެ. ހޫނުގެ ސަބަބުން ދިމާވާ އެންމެ އާންމު މައްސަލައަކީ "ހީޓް އެގްޒޯސްޝަން" އެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި:
- ބޮލުގައި ރިއްސުން
- މޭ ނުބައި ކުރުން
- އާދަޔާ ހިލާފަށް ވަރުބަލިވުން
- ބަނޑާއި ފައިގެ މަސްތަކުގައި ރިއްސާ މަސްގުޅަ ކެއުން
މިއަށްވުރެ ނުރައްކާތެރި ހާލަތަކީ "ހީޓް ސްޓްރޯކް"އެއް ޖެހުމެވެ. މިއީ ފުރާނައަށްވެސް ނުރައްކާ ވެދާނެ ކަމެކެވެ. މެޗުތައް ބަލަން ގިނަ ވަގުތު ހޫނުގެ ތެރޭގައި ހޭދަ ކުރަން ޖެހުމުން، ހާއްސަކޮށް ދަނޑުތައް ފުރިބާރުވެ މީހުން ގިނަވުމުން ވަށައިގެންވާ މާހައުލު އިތުރަށް ހޫނުވެ އެވެ.
ކޮންމެއަކަސް، ވޯލްޑް ކަޕްގެ ފޯރި ކިތަންމެ ގަދަޔަސް، މިފަހަރުގެ އެންމެ ބޮޑު ހަނގުރާމައަކީ ދަނޑުމަތީގެ ވާދަވެރިކަމެއް އެކަންޏެއް ނޫނެވެ. އެއީ ގަދަ ހޫނުން ސަލާމަތްވެ، ދިރިއުޅުން ރައްކާތެރިކުރުމުގެ ހަނގުރާމައެއް ވެސް މެ އެވެ.
ގަވައިދާ ހިލާފަށް ސެޓްފިކެޓް ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވައިފި
ދުނިޔޭގެ ސިނަމާތަކަށް ބިރުވެރި ފިލްމުތަކުގެ "ރަން ޒަމާނެއް"!