ނިއުޔޯކް (09 މެއި) ނިއުޔޯކްގެ ބައިބޯ ޓައިމް ސްކޮއާގައި ހިނގި ހަމަނުޖެހުމެއްގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކާއި ދެ އަންހެނުން ޒަހަމް ވެއްޖެ އެވެ.
ހޮނިހިރު ދުވަހު އެމެރިކާ ގަޑިން ހެނދުނު 7:00 ގައި ހިނގި މި ހަމަނުޖެހުމުގައި އަނިޔާވި މީހުންނަށް މެންހައްޓަންގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައިވާއިރު އެއްވެސް މީހަކަށް ފުރާނައަށް ގެއްލުންވާ ފަދަ އެއްވެސް ޒަހަމެއްލިބިފައި ނުވާ ކަމަށްވެ އެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި މަދު އާއްމުންތަކެއްގެ މެދުގައި އުފެދުނު އަރާރުންވުމެއް ހޫނުވެ، އެއިން އެކަކު ބަޑި ޖެހުމުންނެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ވަނީ މިކަމުގައި ޒިންމާވާ މީހުން ހޯދުމަށް އާއްމުންގެ އެހީއަށް އެދިފަ އެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމާއި ޖޯޖް ފްލޮއިޑްގެ މަރަށްފަހު ނިއު ޔޯކްގައި ހިނގާ މިފަދަ ހާދިސާތައް ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ. --އަލް އަރަބިއްޔާ
ހަނދާނާއި މާޒީގެ ތެރެއިން އިންސާނާގެ ބުއްދި އޮޅުވާލާ އޮޅުވާލުން!
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ
ޅ. އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި