ހޮލީވުޑްގެ އެންމެ ގާތް ދެ އެކުވެރިން ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އަދި އެކްޓްރެސް ބްލޭކް ލައިވްލީގެ މެދުގައި މައްސަލަޖެހި، ގުޅުން ކެނޑިފައި އޮތުމަށްފަހު، ޓޭލާގެ ކައިވެނީގެ ހަފްލާއަށް ބްލޭކްއަށް ދަޢުވަތު ދޭން އުޅޭ ކަމުގެ ހަބަރުތަކެއް ވަނީ ފެތުރިފަ އެވެ.
އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީއާ ޓޭލާ ކުރަން އުޅޭ ކައިވެންޏަށް ބްލޭކްއަށް ދައުވަތުދީ، ދެމީހުންގެ މެދުގައި އަލުން ސުލްހަ ވުމުގެ ފޯނު ކޯލެއް ހިނގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެކަން ދޮގުކުރާ ރިޕޯޓްތަކެއްވެސް މިހާރު ވަނީ ތިލަވެފަ އެވެ.
ގުޅުން ހީނަރުވާން ދިމާވި ސަބަބު
މީގެ ކުރިން އަބަދުވެސް އެކީގައި ފެންނަ ދެ ތަރިންގެ މެދުގައި މައްސަލަ ޖެހުނީ ބްލޭކް ލައިވްލީ ކުޅުނު ފިލްމު "އިޓް އެންޑްސް ވިތް އަސް"ގެ މަސައްކަތުގެ ތެރެއިންނެވެ. އެ ފިލްމުގެ ޑައިރެކްޓަރު އަދި ކޯ-ސްޓާ ޖަސްޓިން ބަލްޑޯނީއާއެކު ބްލޭކްގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.
މި މައްސަލައިގެ ތެރެއިން، ބްލޭކް ވަނީ ޓޭލާގެ ނަން ބޭނުންކޮށް، ފިލްމުގެ ސްކްރިޕްޓް ބަދަލު ކުރުމުގެ ބައެއް ނިންމުންތަކުގައި ޓޭލާގެ ލަފާ ހޯދި ކަމަށް ބުނެފަ އެވެ.
މި މައްސަލަ ގާނޫނީ ދާއިރާއަށް ގޮސް، ޖަސްޓިންގެ ލީގަލް ޓީމުން ބައެއް މުއާސަލާތުތައް ހޯދަން ފެށުމުން، އެއްވެސް ކަމެއް ނޭނގި ހުރި ޓޭލާ މި ކަމުގެ ތެރެއަށް ދަމައިގަނެވުނެވެ.
މީގެ ސަބަބުން ޓޭލާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި، ބްލޭކް އޭނާގެ ނަން "ނާޖާއިޒު ގޮތުގައި" ބޭނުންކުރީ ކަމަށް ގަބޫލުކުރި އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ޓޭލާ ވަނީ ބްލޭކްއަށް ފޯނުން ގުޅައި، ނިއު ޔޯކްގެ މެޑިސަން ސްކްވެއާ ގާޑަންގައި ބާއްވާ އޭނާގެ ބޮޑު ކައިވެންޏަށް ދަޢުވަތު ދީފަ އެވެ.
ބްލޭކްވެސް އޭނާގެ ނަން ސާފު ކުރުމަށާއި، މި ބޮޑު ހަފްލާގެ ގެސްޓް ލިސްޓުން އުނިވެފައި އޮންނަން ބޭނުން ނުވާތީ ކައިވެންޏަށް ދާން ބޭނުންވާ ކަމަށް ބުންޏެވެ.
ނަމަވެސް، ހޮލީވުޑްގެ ބައެއް އިތުބާރު ހުރި މީޑިއާތަކުން (އެކްސްޓްރާ ފަދަ) މި ހަބަރުތައް ދޮގުކުރެ އެވެ. ޓޭލާގެ ގާތް ފަރާތްތަކާ ހަވާލާދީ އެ ފަރާތްތަކުން ބުނާ ގޮތުގައި، ދެމީހުންގެ މެދުގައި އެއްވެސް ކަހަލަ ސުލްހައިގެ ވާހަކައެއް ނުދެކެވޭ ކަމަށާއި، ފެތުރެމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެވެ.
ޓޭލާ ސުވިފްޓް އަދި ޓްރެވިސް ކެލްސީގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 3ގަ އެވެ. މި ހަފްލާއަށް 1،100 އަށްވުރެ ގިނަ މެހެމާނުންނަށް ދައުވަތު ދީފައިވާއިރު، މީގެ ތެރޭގައި އެޑް ޝީރަން، ޒޯއީ ކްރެވިޓްޒް އަދި ސުކީ ވޯޓާހައުސް ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި