މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެއްކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފަ އެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކުގައި ވަކި ބަޔަކަށް ނުވަތަ ނުފޫޒުގަދަ ފަރާތްތަކަށް އިސްކަންދިނުމުގެ ސަގާފަތެއް އޮތް ނަމަވެސް، މި ފަހަރު އެފަދަ ނާޖާއިޒު އެއްވެސް ކަމަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒަރޫރީ ހައްގަކަށް ވާތީ، ވެރިފިކޭޝަން މަރުހަލާ ކުރިއަށް ދާނީ ވަކި އާއިލާއަކަށް ނުވަތަ ވަކި ފަރުދަކަށް ވަކި ސަބަބަކާ ހުރެ އިސްކަން ނުދެވޭ ގޮތަށް، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މި ފަހަރުގެ މަޝްރޫއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފަ އެވެ. މީގެ ކުރީގެ މަޝްރޫއުތަކާ ހިލާފަށް، ދައުރު ނިމެން ކައިރިވުމުން އަވަސް އަރުވާލައިގެން ކުރިމަތިލުމަށް ހުޅުވާލުމުގެ ބަދަލުގައި، މި ސަރުކާރުން ވަނީ ދުރާލާ މި މަސައްކަތް ފަށާފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމާރާތްތައް ނިންމައި، ރައްޔިތުންނަށް ވަގުތުން ދިރިއުޅެން ފެށޭނެ ފަދަ ފުރިހަމަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމެވެ. މީގެ ސަބަބުން ކުރީގެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކާއި ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އެހެންނަމަވެސް މިދިޔަ ސަރުކާރު ނިމުނުއިރު ފެށި ބޯހިޔާވަހިކަމުގެ މަޝްރުއުތައް ނުނިންމައި، މި ސަރުކާރުން އަނެއްކާ އައު މަޝްރޫއުތަކެއް ފެށުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެއީ ދައުލަތުގެ ހަރަދުތައް ވެސް ބޮޑުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ