ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި އެވެ.
މިއަދު ހަވީރު 5:00 އާ ހަމައަށް ނެރުނު މި އެލާޓްގައި، އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ވައި ގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މޫސުމަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ އެހެން ސަރަހައްދުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގައި 1-3 ފޫޓުގެ އުސްމިނެއް ހުރި ނަމަވެސް، އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން 3-6 ފޫޓަށް އުފުލޭނެ ކަމަށްވެސް އެ އިދާރީއިން ވަނީ ލަފާކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޖޫން އަދި ޖުލައި މަހަކީ އާންމު ގޮތެއްގައި ރާއްޖެއަށް މޫސުން އެންމެ ގޯސްވާ ދުވަސްވަރު ކަމަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ވޯލްޑް ކަޕްގައި ގިނަ ކުޅުންތެރިން ފިޔާތޮށި ބޫޓަށް އަރަނީ ކީއްވެ؟
ހާއްސަ ޝަރުތަކާއެކު "އޮބްސެޝަން" އޯޓީޓީ ޕްލެޓްފޯމްތަކަށް!
އިތުރު ވަގުތުގައި ކޭޕް ވާޑް އަތުން އާޖެންޓީނާ ސަލާމަތްވެއްޖެ