ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލައާ ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ގެންދަން ނިންމައިފި އެވެ.
ރައީސް ނަޝީދުގެ އާއިލާއާ ހަވާލާދީ މީޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އޭޑީއޭ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައި ވަނީ އެ ހަމަލާގައި ކުރީގެ ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި 16 ގަޑިއިރަށް ދެމިގެންދިޔަ ހަތަރު އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންތަކަށްފަހު މިހާރު ރައީސް ނަޝީދުގެ ޙާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ.
މިހަމަލާ އާއި ގުޅިގެން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ 3 މީހެކެވެ. އެހަމަލާގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
މީގެ އަހަރު ތަކެއް ކުރިން އެއަރޕޯރޓް ގައި ހެލިކެޕްޓަރ އެކްސިޑެންޓްގައި ބަނޑު ތެރެއަށް ހެލިކެޕްޓަރުގެ ފިޔަގަޑުން ބައެއް ވަން މީހާ އަދިވެސް އެހާލުގަ ވަޒީފާއަށް ދެވެނީ ކީ ނޫން. ހުރިހާ މީހުންނަށް ވެސް ހަމަ ހަމަ އުސޫލް އޮންނަން ވާނެ ރައީސް ނަޝީދު ވީމެއެއް ނޫން. ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދެން.