މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި އީދު ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު ހނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރަމަޟާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް، 1441 ވަނަ އަަހަރުގެ ޝައްވާލުމަހުުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

މީގެއިތުރުން މިއަދު އިރުއޮއްސުމަށް ފަހު، ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާއިރު، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 12 ވާ ބުދަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މޭ މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.