ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސް ހުންވައި އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު އާންމުކޮށްފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮމިޝަން ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގަ އެވެ.
އެ ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.
ކޮމިޝަން އުފެއްދެވި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މި ތަނުގެ މަސައްކަތް ލަހޭ ވިދާޅުވުމުން ވެސް ކޮމިޝަންގެ ރައީސް އަންގަނީ ލަހެއް ނޫން ކަމަށް. ރައީސްގެ ބަސް އަޑުއަހާ މަސައްކަތް އަވަސް ކުރުމުގެ ބަދަލުގައި މީނާ ދެއްކީ އުޒުރު. މަގާމް ދެއްވީ ރައީސް. މުސާރަ ދެނީ ރައްޔިތުން. ރައްޔިތުން ބުނަނީ މީ ބޮޑު ފެއިލިއަރެކޭ. މި ކޮމިޝަނަށް މިހާތަނަށް ހިގި ޚަރަދު ހޯދަން ޖެހޭ. އެންމެ ލޯ ލާރިއެއްވެސް ނުހޯދުނު.