ބޮލީވުޑްގެ ތާރީހުގައި އުފެދުނު އެންމެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ހެލެން، އޭނާގެ ކާމިޔާބު ފިލްމީ ހަޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހިއްސާ ބޮޑުކަން ހާމަކޮށް، އެކަމަށް ތައުރީފު ކޮށްފި އެވެ.
'އިންޑިއާސް ބެސްޓް ޑާންސް' ޝޯގެ ހާއްސަ އެޕިސޯޑެއްގައި ބައިވެރިވެ، ހެލެން ވަނީ އާޝާ ބޯސްލޭގެ އަޑާއެކު އޭނާ ކުޅެފައިވާ 250 އަށްވުރެ ގިނަ ލަވަތަކުގެ ހަނދާންތައް އާކޮށްފަ އެވެ.
ހެލެން ހާމަކުރި ގޮތުގައި، އޭނާއަށް ފިލްމީ ދާއިރާގެ ތާރީހު ބަދަލުކޮށް އާ ދައުރެއް ބިނާ ކުރެވުނީ އާޝާ ބޯސްލޭގެ އަސަރުގަދަ އަޑުގެ ސަބަބުންނެވެ.
"އާޝާޖީއަކީ އަހަރެންގެ އެންމެ ކަމުދާ ލަވަކިޔުންތެރިޔާ. އޭނާ އަހަންނަށް އޭނާގެ އަޑު ދިނުމުން، ފިލްމީ ދާއިރާގައި ތާރީޚެއް ހެދުމުގެ ފުރުސަތު އަހަންނަށް ލިބުނު. އަހަރެން ވަނީ އާޝާޖީއާއެކު 250 އަށްވުރެ ގިނަ ލަވަ ކުޅެފައި." ހެލެން ބުންޏެވެ.
ހެލެން އިތުރަށް ބުނި ގޮތުގައި، ލަވައެއް ރެކޯޑުކުރުމުގެ ކުރިން އެ ލަވައެއްގައި ނަށާނީ ހެލެންކަން އެނގިއްޖެނަމަ، އާޝާ ބޯސްލޭ އެ ލަވައަކަށް އިތުރު ފޯރިއާއި ރޫހެއް ނެރެދެ އެވެ.
ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ކިބައިން "މި ލަވަ ކުޅެނީ ކާކުތޯ" އާޝާ އަބަދުވެސް އޮޅުން ފިލުވާ ކަމަށާއި، "ހެލެން" އޭ ބުނުމުން އެ ލަވައަކަށް ހާއްސަ ދިރުމެއް ގެނެސްދޭ ކަމަށް ހެލެން ފާހަގަކުރި އެވެ.
މި ޝޯގައި ފާހަގަކުރި ހަނދާންތަކާއެކު، ފަނޑިޔާރުންގެ ގޮތުގައި ތިބި ކަރިޝްމާ ކަޕޫރު، ގީތާ ކަޕޫރު އަދި ޖާވެދު ޖާފްރީގެ އިތުރުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހެލެންއަށް ލިބިގެންދިޔަ އެވެ.
ހިންދީ ސިނަމާގެ ރަން ދައުރުގަގައި މި ދެ ފަންނާނުންގެ ގުޅުމުން އުފެދުނު ލަވަތަކަކީ މިއަދުވެސް އާއްމުންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ.
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
އެމެރިކާއާއި ސައުދީ އިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
ލަވަ ކިޔުން ހުއްޓާލުމަށްފަހު އަރިޖީތު އުނބަށް ޖެހީތަ؟