މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސ. މީދޫ، ހަސަންކާރިގެ، އަހުމަދު ނިޔާޒު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމާފައިވަނީ މިއަދުން ފެށިގެން ނިޔާޒު އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ.
އެ މަގާމަށް ނިޔާޒު އައްޔަނުކޮށްފައިވަނީ ނޮވެމްބަރު 30، 2023، ގަ އެވެ.
ނިޔާޒު މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިޔާޒަކީ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މޫސާ ޒަމީރުގެ ޅިޔަނެކެވެ.
ޕެރަމައުންޓާއި ވާނާ ބްރޯސްގެ އެއްބަސްވުން ކޯޓުން ހުއްޓުވައިފި