އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއިން އާންމުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށާއި އެއީ އަބުރު ކަތިލަންވެގެން ކުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފަ އެވެ.
އެލިސްޓްގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނާއި މިދިޔަ ދައުރުގައި މެމްބަރުކަން ކުރި ބޭފުޅުން ވެސް ހިމެނެ އެވެ. އަދި މީގެ އިތުރުން ކުރީގެ މިނިސްޓަރުންނާއި މިހާރުގެ މިނިސްޓަރުން ވެސް މި ލިސްޓްގައި ހިމެނެ އެވެ.
މި ލިސްޓްގައި އަލީ ހުސައިންގެ ނަން ހިމެނިފައި ވާތީ، އެކަމާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާއެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާނެ ކަމަށާއި އޭނާއަކީ އެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އޭނާއަށް ބައެއް މަސައްކަތްތައް ކޮށްދެއްވުމަކީ ހިޔާނާތުގެ ބައިވެރިއެއް ގޮތުގައި ނަން އޮންނަށް ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ އެއްވެސް ޒިންމާދާރުކަމެއް ނެތި ހޭވެސް އަހައިނުލައި މަޖިލީހުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުކަމަށް ބުނެ ލިސްޓެއް ނެރެ މީހުންގެ އަބުރުކަތިލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ތިކަން ކުރި މީހުންގެ މައްޗަށް ދައުވާ އުފުލާ ބަދަލު ހޯދަން ޝަރީއަތަށް ވަޑައިގަންނަވާ. ތިގޮތަށް އެތަށް ބަޔަކަށް ލަނޑު ދެމުންދާ ކޮމިޝަނެއް ތީ. ކޮމިޝަންގެ މީހުންގެ މައްސަލަތަައް ހިންދާލާފައިވޭ. އެވެސް ބަލަން ވެއްޖެ. ޢަލީ، ވަކީލު ކަން ކުރުމުން ޚިޔާނާތުގެ ފައިސާ. ބޮން ހަދަން އެންގި މީޙާ ގެ ވަކީލު ލިސްޓުން ފޭދިއްޖެ. ރައީސް ޔާމީން މަރާލަން ބޮން ހަދަން އެންގި މީހާގެ ވަކީލޯ، މަޖްލިސް ގެ ރ. ރ. ނަޝީދު މަރާލަން ބޮންގޮއްވި މީހުން ޝަރީއަތުގައި ދައުލަތުން ވަކާލާތު ކުރާނީ. ﷲ ގެ ކުޅަދުންވަންތަކަން.
ވައްކަންކުރީމަ ފޮއްޓަކައްލާފަ ތަޅުލަންވީތަ. ކޮބާތަ ***ތުންގެ ހަޔާތް.