ދިރާގުގެ ސީއީއޯގެ މަގާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހު، އިސްމާއިލް ރަޝީދު އެ މަގާމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
އިސްމާއިލް ރިޓަޔާ ކުރެއްވުމުން ދިރާގުގެ މައި ހިއްސާދާރު ބިޔޮން އިން، ކުންފުނީގެ ބޯޑު ކޮމިޓީގެ ބެލުމުގެ ދަށުން އެ މަގާމަށް މިހާރު ވަނީ ދެކުނު އެފްރިކާގެ ވަލްޑެމާ ފެރަޑާޒް އައްޔަންކޮށްފަ އެވެ.
ލިންކްޑްއިން މެދުވެރިކޮށް ދެއްވި މެސެޖެއްގައި އިސްމާއިލް ވަނީ ކުންފުނި މިހާ ހިސާބަށް ގެންގޮސްދިނުމުގައި އެހީތެރިވި މުވައްޒަފުންނާއި އެކި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެކި ދާއިރާތަކުން ރާއްޖެއަށް 40 އަހަރު ހިދުމަތްކުރެއްވި އިސްމާއީލް ވަނީ 1988 ގައި ދިރާގު އުފެދުނީއްސުރެ ކޭބަލް އެންޑް ވަޔާލެސްގެ ދަށުން ހިދުމަތް ކުރައްވަން ފެއްޓަވައިފަ އެވެ. އޭނާ ވަނީ ރާއްޖޭގައި ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފްކުރުމާއި، މުޅި ރާއްޖެ ގުޅުވާލި ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި، 2006 ގެ ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލްގެ އިތުރުން އެތެރޭގެ ސަބްމެރިން ކޭބަލްތައް އަޅައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މީގެ އިތުރުން 2011 ގެ އައިޕީއޯ މާކެޓްކޮށް މެނޭޖްކުރުމުގައިވެސް އިސްކޮށް އުޅުއްވި އިސްމާއިލް، 2015 ގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ކުންފުންޏަށް ބޮޑެތި ބަދަލުތަކަކާއި ކުރިއެރުންތަކެއް ގެނެސްދެއްވާފަ އެވެ.
"ދައުލަތުގެ ފައިސާއިން ޕީއެންއެފް ހިންގުމުގެ ވިސްނުމެއް ނެތް"
ހާޒިރުވެގެން އިމްތިހާނު ހަދާ އުސޫލަށް އަމަލުކުރުން ފަސްކޮށްފި
ޓޮލީވުޑްގެ އެކްޓަރުންނަށް އަނިޔާވާ މިންވަރު އިތުރުވަނީ!