ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ގައުމީ މަޖިލިސް އެކުލަވައިލަނީ 100 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ފުރަތަމަ އިއުލާނުކުރެއްވި މި މަޖިލީހުގެ ތަފުސީލުތައް ރައީސް މުއިއްޒު ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގަ އެވެ. ރައީސް ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ބަސްކިޔައި، ހިޔާލު ދެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ.
އެހެންވެ އެކި ދާއިރާތަކުން މަތީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް މި މަޖިލީހުން ފުރުސަތު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ފުރުސަތު މި ދެނީ ނިޒާމުގެ ތެރެއިން ގައުމުގައި ހުންނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ކަންކަން ހުށަހަޅައި ކަންކަމުގައި މަޝްވަރާ ދެއްވާ އަދި މިފަދަ ކަންކަން ކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
މި ނިޒާމުގެ ތެރެއިން ގައުމީ ކަންކަމުގައި މަޝްވަރާކޮށް، ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު އެ ބޭފުޅުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސާއި ދައުލަތުގެ މުއައްސަސާތަކަށް ވެސް އެ މަޖިލީހުގެ ލަފާ ހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމައެއާއެކު ސިއްހީ، ތައުލީމީ އަދި އިގްތިސާދީ ދާއިރާގެ އެންމެ ތަޖުރިބާކާރު ފަންނުވެރިންނާއި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލާ މި މަޖިލީހުގެ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އުންމީދު ކުރައްވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި މަޖިލިސް އެކުލަވާލެވޭނެ ކަމަށް ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ހަމަމަގަށް އެޅުވުމަށް މަގުމައްޗަށް ނުކުންނަނީ
ޓޮލީވުޑްގެ އެކްޓަރުންނަށް އަނިޔާވާ މިންވަރު އިތުރުވަނީ!