ރިއަލިޓީ ޓީވީ ޝޯ ތަކުން މަޝްހޫރުވި ކްލޯއީ ކާޑޭޝިއަން ފިލްމީ އަދި ޑްރާމާ ސިރީޒްތަކުން ފެނިގެން ހިނގައިދާނެ ކަމަށް އޭނާގެ ފޭނުން އުންމީދުކުރި ނަމަވެސް، އެފަދަ އެއްވެސް ހިޔާލެއް މިވަގުތު ނެތް ކަމަށް އޭނާ ހާމަކޮށްފި އެވެ.
"ދަ ހޮލީވުޑް ރިޕޯޓާ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ފިލްމު ކުޅުމާ މެދު ދެކޭގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އުމުރުން 42 އަހަރުގެ ރިއަލިޓީ ތަރި ބުނި ގޮތުގައި، ފިލްމުތަކާއި ސްކްރިޕްޓްޑް ސިރީޒްތަކުން ރޯލު ހުށަޅުންތައް އޭނާއަށް ވަރަށް ގިނައިން ލިބެ އެވެ. ނަމަވެސް، އެފަދަ މަސައްކަތްތަކަށް ވަނުމަށް އޭނާގެ ހިތް އެއްބަސްނުވާ ކަމަށާއި، މިވަގުތު އޭނާގެ ޝައުޤުހުރީ އެހެން ކަންކަމަށް ކަމަށް އޭނާ ފާހަގަކުރި އެވެ.
"އަހަންނަށް ވަރަށް ގިނައިން ފިލްމުތަކާއި ސިރީޒްތަކުން އެކްޓް ކުރަން ދަޢުވަތު ލިބޭ. އެކަމަކު އެއީ އަހަރެންގެ ހިތް ގަޔާވާ ކަމެއް ނޫން،" ކްލޯއީ ބުންޏެވެ.
މިފަދަ ނިންމުމެއް ނިންމަން މެދުވެރިވި އަސްލު ސަބަބަކީ، މީގެ ކުރިން 'ކީޕިން އަޕް ވިދް ދަ ކާޑޭޝިއަންސް' ޝޯގެ ތިންވަނަ ސީޒަންގައި އޭނާ ބައިވެރިވި އެކްޓިން ކްލާހެއްގައި ކުރި ތަޖުރިބާ ކަމަށް ކްލޯއީ ބުނެފައިވެ އެވެ.
އެ ކްލާހުގައި ތަފާތު ވޮއިސް ޓޯންތަކުގައި އެއް ބަހެއް ތަކުރާރުކޮށް ކިޔަން ޖެހުނު ކަމަށާއި، އެކަމުގެ ސަބަބުން އެކްޓިންއާ މެދު މިއަދާ ހަމައަށްވެސް ހިތުގައި ބިރުވެރިކަމެއް ހުންނަ ކަމަށް އޭނާ ފާހަގަކުރި އެވެ.
އޭނާގެ އާއިލާގެ އެހެން މެންބަރުން ކަމަށްވާ ކިމް ކާޑޭޝިއަން އަދި ކައިލީ ޖެނާ، ފަހަކަށް އައިސް އެކި ބޮޑެތި ޕްރޮޖެކްޓްތަކުން އެކްޓިންގެ ދާއިރާއަށް ނުކުމެފައިވެ އެވެ.
ނަމަވެސް، ކްލޯއީ ބުނީ އޭނާ އެކަމާ މެދު ސީރިއަސް ވާނަމަ އެކަމަށް ވަގުތު ހުސްކޮށް، ކްލާސްތަކަށް ގޮސް ފުރިހަމައަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި މިވަގުތު އެކަމަށް ބޭނުންވާ ވަގުތާއި ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށެވެ.
މިވަގުތު އޭނާގެ އާ ހުލޫ ސީރީޒް "ދަ ގާލްސް: އަ ކްލޯއީ ކާޑޭޝިއަން ޕްރޮޖެކްޓް"ގެ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ ކްލޯއީ މުސްތަގުބަލުގައި އެކްޓިންއަށް ނުކުންނާނެ ކަމަށް ސީދާ ނުބުނި ނަމަވެސް އޭނާގެ ވާހަކަ ނިންމާލާފައިވަނީ "އެއްވެސް ކަމަކަށް ނޫނެކޭ ނުބުނާނަން" ކަމަށް ބުނަމުންނެވެ.
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!
ކާނިވާ ސަރަހައްދުން އުޅަނދުފަހަރު ނަގަން އަންގައިފި
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ