ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ގައްދޫ ޒާހިރު އަވަހާރަވީ މިރޭގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރަކީ 74 އަހަރެވެ.

ޒާހިރު އަވަހާރަވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭ އިން މިހާރު ވަނީ ނިންމާފަ އެވެ. އޭނާ ގޭގައި އޮއްވައި އަވަހާރަވެގެން ގެންދިޔައީ އައިޖީއެމްއެޗްގެ އީއާރަށެވެ.

ގައްދޫ ޒާހިރު ވަނީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި 28 މެއި 2009 އިން 27 މެއި 2014 ގެ ނިޔަލަށް ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ.

މީގެއިތުރުން އޭނާ ވަނީ 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008 ގެ ނިޔަލަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފަ އެވެ.